ފިރިމީހާއަށް އޭނާގެ އަނބި މީހާ އަދި ދަރިންގެ ފޯނުތައް ބަލައި ހޯދުމުގެ ޙައްޤުވޭތޯ؟
This article is available in Dhivehi only.
➊
📌ފިރިމީހާއަށް އޭނާގެ އަނބި މީހާ އަދި ދަރިންގެ ފޯނުތައް ބަލައި ހޯދުމުގެ ޙައްޤުވޭތޯ؟
— އައްޝައިޚް ޚާލިދު ބުނު ޢަބްދުލް މުންޢިމް، އައްރިފާޢީ
🔻🔻
ސުވާލުގެ ތަފްސީލު: ފިރިމީހާއަށް އޭނާގެ އަނބި މީހާ އަދި ދަރިންގެ ފޯނުތައް ބަލައި ހޯދުމުގެ ޙައްޤުވޭތޯ؟ އަދި އަނބިމީހާ އޭނާގެ ފޯނު ފިރިމީހާއަށް ދިނުމަށް އިންކާރުކޮށްފިއްޔާ ފަހެ ކިހިނަކުންހެއްޔެވެ؟ އެހެންވެއްޖެނަމަ ފިރިމީހާގެ ޙައްޤު ކޮބައިހެއްޔެވެ؟!
ޖަވާބު:
الحمدُ لله، والصلاةُ والسلامُ على رسول الله، وعلى آله وصحبه ومَن والاه، أما بعدُ:
ތިބާއަށް ފޮރުވިފައި ނުވާނޭ ފަދައިން، މީސްތަކުންގެ ޚުޞޫޞިއްޔާތުތައް (ފަރުދެއްގެ ޒާތީ ޕްރައިވެސީ) އިސްލާމް ދީން ކަށަވަރުކޮށް ރައްކައުތެރިކޮށްދެއެވެ. އިތުރުއެކަލޭގެފާނުން ﷺ ޙަދީޘް ކުރެއްވިއެވެ: «مِن حُسن إسلام المرء تركُه ما لا يَعنيه» ”މީހެއްގެ އިސްލާމްކަން ހެޔޮވުމުގެ ތެރޭ، އޭނާޔާ ނުބެހޭ ކަންކަން ދޫކޮށްލުން ހިމެނެއެވެ.“ رواه الترمذيُّ، އަދި މިކަމުގައި އެއަކީ އަނބިމީހާ ނޫނީ ފިރިމީހާ ނުވަތަ ދަރިންނަށް ވާ ޒާތީ ކަމެއް ކަމުގައި ވިޔަސް، ފަރަޤެއް ނެތެވެ. އެހެނީ އެންމެންނަށްވެސް ފާޅު ނުވާ އެއްޗެއް ފޮރުވިފައިވުމުގެ ޙައްޤު ވެއެވެ. އަދި އޭނާގެ ފޯނު ނުވަތަ ކޮމްޕިއުޓަރު ނުވަތަ މިނޫންވެސް އޭނާގެ ޝަޚްޞިއްޔަ އެއްޗެއް އޭނާގެ ފިރިމީހާ ބަލައިހޯދުމަށް ދިނުމީ، އަނބިމީހާގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ނޫނެވެ. ހަމައެފަދައިން ދަރިންގެވެސް އެވެ. ވީމާ އެއްވެސް މީހެއް ފުށުން އޭނާގެ ޚުޞޫޞީ ކަމަކާއިމެދު ސުވާލުވުމެއް ނުވެއެވެ. އެއީ އެހެނަސް ސާފު (راجح) މަޞްލަޙަތެއް އެކަމުގައި ލެވިއްޖެ ހިނދެއްގައި މެނުވީއެވެ. އެއީ ބައްޕަޔަކު، މިޘާލަކަށް، އޭނާގެ ދަރިން ޙަރާމް ގުޅުމެއް ހިންގާ ކަން އެނގުމުން ނެވެ. ނުވަތަ އޭނާގެ އަނބިމީހާ ނުބައިގޮތުގައި މޮބައިލް ނުވަތަ ސޯޝަލް މީޑިއާ ބޭނުން ކުރާކަން އެނގިއްޖެ ނަމައެވެ. އަދި މިޒާތުގެ ކަމެއްގައެވެެ. އެއީ الأمر بالمعروف والنهي عن المنكر ގެ (ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައިކަންތައް މަނައު ކުރުމުގެ) ބާބުގެ ދަށުންނެވެ. މިއީ ބައްޕަ އަދި ފިރިމީހާއަށް ލިބިގެންވާ ބެލެނިވެރިކަން ފުރިހަމަ ކުރުމުގެ ދަށުން ލެވިފައިވާ ވާޖިބެކެވެ. އެއީ އެފަދަ ނުބަޔެއް އެއިން ފަރާތަކަށް އެނގިއްޖެނަމަ، އެކަން ތަޙްޤީޤުކޮށް މުންކަރާތް ހުއްޓުވުމެވެ. އުރެދުމަކަށް އަރައިގަނެފި މީހެއް ބަަލައި ހޯދުމަށް ޢިލްމުވެރިން އެބަޔަކަށް ހުއްދަދީފައިވާ އަމުރުވެރި ފުލުހުންނަށް ވުރެ، އޭނާ އަށް މިކަން އަޥްލާ ކަން ބޮޑެވެ.
އެހެނަސް އެކަމުގައި ޝައްކެތް ނެތް ނަމަ، އިންސާނުންގެ އެންމެހާ ގުޅުމެއްގައިވެސް އޮންނަ ޚުޞޫޞިއްޔަތްތަކަށް ވާ މަގުހުރަސްތައް ކެނޑިނުގޮސް ދެމިއޮވެއެވެ. އަދި ތިމާގެކަމުގެ ގުޅުމާއި ގާތްކަމުގެ ވަރުގަދަކަމެއް އިންސާނާގެ ޠަބީޢަތާއި ގުޅިފައިވާ މިފަދަ ބައެއް ޚުޞޫޞިއްޔާތުތަކާއި، ކޮންމެ ފަރުދަކަށް އެތައްބޮޑަކަށް ޚާއްޞަވެގެންވާ ޢާދަތަކަށްވާ މަގުހުރަސްތައް (އެބަހީ: ސިއްރު ހޯދުމުގެ ނަހީތައް) ކަނޑުވައިލުމެއް ނުވެއެވެ. އަދި މިއީ އިންސާނަކަށް އޭނާގެ އަމިއްލަ ނަފްސުން އަދި އެހެން މީހުން ފުށުން ވެސް ލާޒިމުކޮށް އެނގޭ ކަމެކެވެ. ވަކިން ޚާއްޞަކޮށް ސްމާރޓް ފޯން އަކީ ގިނަ ފަހަރަކަށް އޭގެ ވެރިފަރާތް ނޫން ފަރާތަކަށް ނުދެއްކޭނޭ ޒާތީ ތަކެތި ހިމެނޭ އެއްޗެކެވެ. (އަންހެނެއްގެ) އެކުވެރި އަންހެން ރައްޓެހިންނާއި ތިމާގެ މީހުންގެ ފޮޓޯ ފަދައެވެ. އެއީ އެއެއް ހުޅުވުމަށް ފިރިމީހާ އަށް ޖާއިޒުވެގެން ނުވާ ތަކެއްޗެވެ. ނުވަތަ ބައެއް ސޯޝަލް މީޑިއާގެ ކުލޯޒްޑް ގުރޫޕު ތަކެވެ. (އުޚްތުންގެ ޗެޓް ގުރޫޕްސް ތައް ފަދައެވެ.) އެއީވެސް އެއަކަށް ފިރިމީހާ ވަނުމުގެ ޙައްޤު ނުވާ ތަކެއްޗެވެ. އަދި މިނޫންވެސް މީސްތަކުންނަށް އެނގިގެންވާ މިބާވަތުގެ ތަކެއްޗެވެ.
ވީމާ ދެމަފިރިން —އެދެމެދުގައި ކިތައްމެ ގާތްކަން ބޮޑުވިޔަސް— އެދެވެރިންނަށް ވެސް އެއަކަށް އިޙްތިރާމް ކުރުން ވާޖިބުވެގެންވާ އެދެވެރިންގެ ޚުޞޫޞިއްޔާތު (ޕްރައިވެސީ) ހިފެހެއްޓުމަށް މަނަޢު ވެވުމެއް ނުވެއެވެ. އަދި ހިތްކިޔުން ދެމިއޮންނަނީ އެހާބޮޑުނޫން އެހެނަސް ދުރުމިނެއް ދެމަފިރިން ދެމެދުގައި އޮންނަ ހިނދުގައެވެ. އަދި އެދުރުމިން ކަނޑުވާލައި ޚުޞޫޞިއްޔަތު ތަކަށް އިހުތިރާމް ނުކުރުމީ، އެތައް ގިނަފަހަރަކު ޝައްކުތަކާއި ޙައްދުން ނެއްޓިފައިވާ ޣީރަތް ފޯދުމަށް މަގުފަހިވާ ކަމެކެވެ. ދެން އޭގެ ސަބަބުން ޖާސޫސު ކުރުމަށް ބާރުއެޅެވެ. އަދި މިއެންމެހާ ކަމަކީ ދެމަފިރިކަމުގެ ގުޅުމަށް ނޭދެވޭ އަސާރުކުރާ ކަންކަމެވެ. އެއީ ހަޔާތުގެ ބައިވެރިޔާ އާއި އެކު ދެފަރާތުގެ އިތުބާރާއި ހިތްހެޔޮ ކުރުމުގެ މައްޗަށް ބިނާވެ އޮންނަ އެއްޗެކެވެ. އަދި އޭގެ ކަންކަން އެންމެ ފުރިހަމަ ގޮތުގައި އުފުލުމުގެ މައްޗަށެވެ. ލޯތްބާއި ރަޙުމަތުގެ މައްޗަށް އެބިނާވެފައި އޮންނަ ފަދައިންނެވެ. ދެފަރާތުގެ ފަހުމާއި، ބަދަހިކަމާއި ގުޅުމުގެ މައްޗަށެވެ. ފައިއޮޅުންތަކަށް ނަޒަރު މަދުކުރުމުގައެވެ.
=
Comments (0)
Be the first to comment.