އަސީރުންނަށް އެހީތެރިވުން ޝަރުޢުވެގެންވާކަން ދެނެތިބެ، އެއުރެންނަށް ދުޢާއުކޮށްދީ ޤުނޫތުކިޔުމަށް މުށްބާރު ވެއްޖެ މީހާ، ފަހެ ޙަޤީޤީގަތީ،…
This article is available in Dhivehi only.
••
❞ އަސީރުންނަށް އެހީތެރިވުން ޝަރުޢުވެގެންވާކަން ދެނެތިބެ، އެއުރެންނަށް ދުޢާއުކޮށްދީ ޤުނޫތުކިޔުމަށް މުށްބާރު ވެއްޖެ މީހާ، ފަހެ ޙަޤީޤީގަތީ، ހަމަކަށަވަރުން އެފަދަ މީހެއްގެ އީމާންކަން، އަސީރުން މިނިވަން ނުކުރާ އަދި އެކަމަށް ބާރު ނާޅާމީހުންގެ އީމާންކަމަށްވުރެ ވަކި ކުޑަވެގެން ނުވާ ކަމެވެ. އަދި މިއަށްވުރެންވެސް ނުބައިކަންބޮޑީ، އެވެރިންނަށް ޤުނޫތު ކިޔުން މަނައު ކުރާ މީހުންނެވެ. އަދި ރަސޫލު ﷲ ﷺ ދެއްކެވި ހިދާޔަތުން މޫނު އަނބުރާލި މީހުންނެވެ. ފަހެ މައްކާގައިވީ އަސީރުންނަށް އެކަލޭގެފާނުގެ ޤުނޫތު ކިޔުއްވިއެވެ. އަބޫ ހުރައިރާ رَضِيَ اللَّهُ عَنْهُ ވިދާޅުވިއެވެ: ”ނަބިއްޔު ﷺ ޢިޝާނަމާދު ކުރެއްވުމުގެ ތެރޭގައި، سمع الله لمن حمده މިހެން ވިދާޅުވެ، ދެން ދުޢާ ކުރެއްވިއެވެ:
اللَّهُمَّ نَجِّ عَيَّاشَ بْنَ أَبِي رَبِيعَةَ، اللَّهُمَّ نَجِّ سَلَمَةَ بْنَ هِشَامٍ، اللَّهُمَّ نَجِّ الْوَلِيدَ بْنَ الْوَلِيدِ، اللَّهُمَّ نَجِّ الْمُسْتَضْعَفِينَ مِنَ الْمُؤْمِنِينَ، اللَّهُمَّ اشْدُدْ وَطْأَتَكَ عَلَى مُضَرَ، اللَّهُمَّ اجْعَلْهَا سِنِينَ كَسِنِي يُوسُفَ
”ޔާ ﷲ، ޢައްޔާޝް ބުނު އަބީ ރަބީޢާ މިންޖު ކުރައްވާށިއެވެ. ޔާ ﷲ، ސަލަމަތަ ބްނު ހިޝާމް މިންޖު ކުރައްވާށިއެވެ. ޔާ ﷲ، އަލްވަލީދު ބުނުކް ވަލީދު މިންޖު ކުރައްވާށިއެވެ. ޔާ ﷲ މުސްލިމުންގެ ތެރެއިން ބަލިކަށިވެފައިވާ މީހުން މިންޖު ކުރައްވާށިއެވެ. ޔާ ﷲ މުޟަރް (ޤަބީލާ) ގެ މައްޗަށް އިބަ އިލާހުގެ ޢަޛާބު ގަދަކުރައްވާށިއެވެ. ޔާ ﷲ ޔޫސުފް ގެ އަހަރުތައްފަދަ (ބަނޑުހައިހޫނުކަމުގެ) އަހަރުތަކެއް އެއުރެންނަށް ޖައްސަވާށިއެވެ.“ متفق عليه ޙަދީޘެއް. ❝
އަލްޢަލްވާން (މަޞްދަރު)
~ ގަލަންދާނު
Comments (0)
Be the first to comment.