الْحَمْدُ لِلَّهِ وَحْدَهُ، وَالصَّلَاةُ وَالسَّلَامُ عَلَى مَنْ لَا نَبِيَّ بَعْدَه
This article is available in Dhivehi only.
الْحَمْدُ لِلَّهِ وَحْدَهُ، وَالصَّلَاةُ وَالسَّلَامُ عَلَى مَنْ لَا نَبِيَّ بَعْدَه
މިއީ އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން ގެ ދަރުސްތަކުން، ޝެއިޚް ގެ ދަރިވަރެއް ކަމުގައިވާ އައްޝެއިޚް ޑރ. ޢަބްދު ﷲ ބުނު ޙަމޫދު އަލްފަރީޙް އެއްކުރައްވައި ޝާއިޢު ކުރެއްވި ސިލްސިލާ (إِمْتَاعُ الْخُلَّانِ بِفَوَائِدِ مَجَالِسِ الْعَلْوَانِ) ގެ ފަސް ވަނަ ބައިގެ ދިވެހި ތަރުޖަމާއެވެ. އަދި މިބައިގައި އެކުލެވިފައިވަނީ ރޯދަ އާއި ބެހޭ ފިޤުހުން ފަންސާސް ފައިދާ އެކެވެ.
މީގައި އެކުލެވިގެންވާ ފައިދާ އަހަރެންގެ ޢާއިލާއާއި އަޚުންނާއި އުޚްތުންނަށް ފޯރުކޮށްދިނުމަށް އެދި ފުރަތަމަ ތަރުޖަމާކޮށް ޝާއިޢު ކުރީ މިދިޔަ އަހަރުގެ ރަމަޟާން މަހަށެވެ.
މިހާރު މިވަނީ އަހަރެމެންގެ ލޮބުވެތި ޝެއިޚުގެ ވަރަށް ފުރިހަމަ ތަޢާރަފަކާއި އެކު އަދި މިތަރުޖަމާގެ މައްޗަށް ޝެއިޚް އަބޫ ޢަބްދު ﷲ އަލްމަދަނީ ގެ އިސްބަސްފުޅަކާއިއެކު، ފޮތެއްގެ ސިފައިގައި އެކުލަވާލެވިފައެވެ. އަލްޢަލްވާން ގެ ޙަޔާތާއި ބެހޭ މިތަޢާރަފަކީ، ޢިލްމަށް ލޯބިކޮށް އެރާސްތާގައި ދަތުރުކުރާ ކޮންމެ ދަރިވަރަކަށް ވެސް، އެއިން ހިއްވަރު ލިބި އަޒުމް ވަރުގަދަކޮށްދޭނޭ އެއްޗެއްކަމުގައި ދެކެމެވެ.
މިފޮތް އެކުލަވާލުމުގައި އެހީތެރިވި އެއްމެހާ މަސައްކަތްތެރީންނަށް ﷲ ހެޔޮޖަޒާ ދެއްވާށިއެވެ.
اللَّهُمَّ اغْفِرْ لِي وَلِوَالِدَيَّ وَلِمَنْ لَهُ حَقٌّ عَلَيَّ وَلِلْمُسْلِمِينَ وَالْمُسْلِمَاتِ وَالْمُؤْمِنِينَ وَالْمُؤْمِنَاتِ الْأَحْيَاءِ مِنْهُمْ وَالَأمْوَاتِ إِنَّكَ سَمِيعٌ تُجِيبُ الدَّعَوَاتِ.
أَخُوكُمْ،
إِبْنُ فَهْمِي دِيدِي
~ ގަލަންދާނު
Comments (0)
Be the first to comment.