اللَّهُمَّ إِنَّا نَسْتَعِينُكَ وَنَسْتَغْفِرُكَ
This article is available in Dhivehi only.
اللَّهُمَّ إِنَّا نَسْتَعِينُكَ وَنَسْتَغْفِرُكَ
އޭ الله! ހަމަކަށަވަރުންވެސް އަޅަމެން ވާތްގަށް އެދެނީ، އަދި ފާފަފުއްސެވުން އެދެނީވެސް، ހަމައެކަނި އިބަ ﷲ ގެ ޙަޟުރަތުންނެވެ.
وَنُثْنِي عَلَيْكَ وَلَا نَكْفُرُكَ
އަދި ޘަނާކިޔަނީވެސް ތިފަރާތަށެވެ. އަދި އަޅަމެން ތިފަރާތަށް ކާފަރުނުވަމެވެ.
وَنُؤْمِنُ بِكَ وَنَخْلَعُ وَنَتْرُكُ مَنْ يَفْجُرُكَ
އަދި އަޅަމެން އީމާންވަނީ އިބަ الله އަށެވެ. އަދި އިބަ الله އަށް އުރެދޭ މީހުންގެ ކިބައިން ވީއްލި ދޫކޮށްލަމެވެ.
اللَّهُمَّ إِيَّاكَ نَعْبُدُ
އޭ الله! އަޅަމެން ހަމައެކަނި އަޅުކަން ކުރަނީ ތިފަރާތަށެވެ.
وَلَكَ نُصَلِّي وَنَسْجُدُ
އަދި އަޅަމެން ނަމާދުކުރަނީ އަދި ސަޖިދަކުރަނީވެސް ހަމައެކަނި ތިފަރާތަށެވެ.
وَإِلَيْكَ نَسْعَى وَنَحْفِدُ
އަދި ތިފަރާތަށް ކިޔަމަންވުމަށް އަޅަމެން، ފަށައިގަނެ މެދުނުކެނޑި އަވަސްވެގަންނަމެވެ.
وَنَرْجُو رَحْمَتَكَ وَنَخَافُ عَذَابَكَ
އަދި އަޅަމެން އިބަ الله ގެ ރަޙްމަތަށް އެދޭޙާލު، ޢަޛާބަށް ބިރުވެތިވެސް ވަމެވެ.
إِنَّ عَذَابَكَ بِالْكَفَّارِينَ مُلْحَقٌ
ހަމަކަށަވަރުންވެސް އިބަ الله ގެ ޢަޛާބު (ނުރެކެވޭނެ ފަދަގޮތަކަށް) ކާފަރުންނަށް ލައިގެންނަ ހުއްޓެވެ.
اللَّهُمَّ عَذِّبِ الْكَفَرَةَ
އޭ الله! ކާފަރުތަކުންނަށް ޢަޛާބު ދެއްވާނދޭވެ!
وَأَلْقِ فِي قُلُوبِهِمُ الرُّعْبَ
އަދި އެބައިމީހުންގެ ހިތްތަކުގައި ބިރުވެރިކަން ލައްވާނދޭވެ!
وَخَالِفْ بَيْنِ كَلِمَتِهِمْ
އަދި އެބައިމީހުން ކަލިމާގައި އިޚްތިލާފު (އެބަހީ: ބައިބައިވުން) ލައްވާނދޭވެ!
وَأَنْزِلْ عَلَيْهِمْ رِجْزَكَ وَعَذَابَكَ
އަދި އެބައިމީހުންގެ މައްޗަށް ސުންޕާކަމާއި ޢަޛާބު ލައްވާނދޭވެ!
اللَّهُمَّ عَذِّبِ الْكَفَرَةَ أَهْلَ الْكِتَابِ الَّذِينَ يَصُدُّونَ عَنْ سَبِيلِكَ
އޭ الله! ކާފަރުވީ އަހްލު ކިތާބީންނަށް ޢަޛާބު ލައްވާށި! އެއުރެންނީ އިބަ الله ގެ މަގު ބަންދުކުރާ މީހުންނެވެ.
وَيُكَذِّبُونَ رُسُلَكَ وَيُقَاتِلُونَ أَوْلِيَاءَكَ
އަދި އިބަ الله ގެ ރަސޫލުން ދޮގުކޮށް ތިޔަ އިލާހުގެ ވަލީވެރިންނާ ހަނގުރާމަ ކުރާމީހުނެވެ.
اللَّهُمَّ اغْفِرْ لِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْمُسْلِمِينَ وَالْمُسْلِمَاتِ
އޭ الله! މުއުމިނު ފިރިހެނުންނާއި އަންހެނުން އަދި މުސްލިމު ފިރިހެނުންނާއި އަންހެނުންނަށް ފާފަފުއްސަވައި،
وَأَصْلِحْ ذَاتَ بَيْنِهِمْ
އެއުރެންގެ މެދުގައި އިޞްލާޙު ކުރައްވާނދޭވެ!
وَأَلِّفْ بَيْنَ قُلُوبِهِمْ
އަދި އެއުރެންގެ ހިއްތަކުގައި އެކުވެރިކަން ލައްވާނދޭވެ!
وَاجْعَلْ فِي قُلُوبِهِمُ الْإِيمَانَ وَالْحِكْمَةَ
އަދި އެއުރެންގެ ހިއްތަކުގައި އީމާންކަމާއި ޙިކްމަތްތެރިކަން ލައްވާނދޭވެ!
وَثَبِّتْهُمْ عَلَى مِلَّةِ نَبِيِّكَ
އަދި އެއުރެން، އިބަ الله ގެ ނަބިއްޔާގެ މިއްލަތުގެ މަތީގައި ޘާބިތު ކުރައްވާނދޭވެ!
وَأَوْزِعْهُمْ أَنْ يُوَفُّوا بِالْعَهْدِ الَّذِي عَاهَدْتَهُمْ عَلَيْهِ
އަދި ތިފަރާތުން އެބައިމީހުންނަށް ކުރައްވާފައިވާ ޢަހުދު ފުއްދުމަށް އެއުރެންނަށް ތައުފީޤު ދެއްވާނދޭވެ!
وَانْصُرْهُمْ عَلَى عَدُوِّكَ وَعَدُوِّهِمْ
އަދި އިބަ الله އާއި އެބައިމީހުންގެ ޢަދުއްވުންގެ މައްޗަށް އެއުރެންނަށް ނަޞްރުދެއްވާނދޭވެ!
إِلَهَ الْحَقِّ ، وَاجْعَلْنَا مِنْهُمْ
އޭ ޙައްޤު އިލާހެވެ! އެބައިމީހުންގެ ތެރެއިން އަޅަމެންލައްވާށި!
~ ގަލަންދާނު
Comments (0)
Be the first to comment.