މަންޞޫރު އަލްފަޤީހު رحمه الله ވިދާޅުވިއެވެ
This article is available in Dhivehi only.
②
(އ)
މަންޞޫރު އަލްފަޤީހު رحمه الله ވިދާޅުވިއެވެ:
أُحِبُّ الْبَنَاتِ وَحُبُّ الْبَنَاتِ
فَرْضٌ عَلَى كُلّ نَفْسٍ كَرِيمَهْ
އަހަރެން އަންހެން ދަރީންނަށް ލޯބިކުރަމޭ، އަދި އަންހެން ދަރީންނަށް ލޯބިކުރުމީ
**** ކޮންމެ ދީލަތި ނަފްސެއްގެ މައްޗަށް ފަރުޟެކޭ
لِأَنَّ شُعَيْبًا مِنْ أَجْلِ البَنَاتِ
أَخْدَمَهُ اللهُ مُوسَى كَلِيمَهْ
އެހެނީ ޝުޢައިބު އެކަލޭގެފާނުގެ އަންހެންދަރީންގެ ސަބަބުން
**** ﷲ އެކަލޭގެފާނަށް ކުރެއްވިޔޭ ޚާދިމު އެއިލާހުގެ ކަލާމުން ވަޙީވެވުނު މޫސާ
(ވ)
ޤަތާދާ رضي الله عنه ވިދާޅުވިއެވެ: ”އަންހެން ކުއްޖެއް، ފިރިހެން ކުއްޖަކަށްވުރެ ފަހަރަކު ހެޔޮވެގެންވެއެވެ. އެހެނީ އެތައް ފަހަރު ފިރިހެން ކުދީންގެ އަތްދަށު އޭނާގެ އަހުލުން ހަލާކުވެއެވެ.“
(މ)
ޢާއިޝާ ވިދާޅުވިއެވެ: ”ފާޠިމާ ހިންގަވާފައި އެއްދުަވަހަކު ވަޑައިގެންނެވިއެވެ — އަދި އެކަމަނާގެ ފައިންޕުޅު އެޅުއްވުން ނަބިއްޔު ﷺ އާއި ނުހަނު އެއްގޮތެވެ — އެކަމަނާ ފެނިވަޑައިގެންނެވުމުން އިތުރުއެކަލޭގެފާނުން ޙަދީޘް ކުރެއްވިއެވެ: ”އަހުރެންގެ ދަރިކަނބަލުންނަށް މަރުހަބާއެވެ.“ ދެން އެކަލޭގެފާނުގެ ކަނާތް ފަރާތުގައި ބެހެއްޓެވިއެވެ. — މިވާހަކަ ރިވާކުރެއްވީ އަލްބުޚާރީ އެވެ.
ރަސޫލު ﷲ ﷺ އެކަލޭގެފާނުގެ ދަރިކަނބަލުން އިސްތިޤްބާލުކުރައްވަނީ މިފަދައިންނެވެ. ފަހެ ތިބާ އެކުދިން އިސްތިޤްބާލު ކުރަނީ ކިހިނަކުން ހެއްޔެވެ؟
(ފ)
ޢާއިޝާ ވިދާޅުވިއެވެ: ”ނަބިއްޔު ﷺ އެކަލޭގެފާނުގެ ދަރިކަނބަލުން ފާޠިމާ ދެކެވަޑައިގެންފިނަމަ، އެކަމަނާއަށް މަރުޙަބާ ވިދާޅުވެ، ތެދުވެވަޑައިގެން ބޮސްދެއްވަވައި، އެކަމަނާގެ އަތްޕުޅުގައި ހިއްޕަވައި ، އެކަލޭގެފާނުގެ މަކާނުގައި ބައިންދަވަވައެވެ.“
—ރިވާކުރެއްވީ އައްނަސާއީ، (قوي) ވަރުގަދަ ސަނަދަކުންނެވެ.
(ދ)
އުޚްތުން ތެރެއިން އުޚްތެއް ކަމަށްވާ އުއްމު މުޞްޢަބް ބުންޏެވެ: ”އަހަރެން މަދުރަސާއިން ނިކުންނަން ދެން އިންތިޒާރުގައި، ހޫނު އިރު ދަށުވައި އަހަރެންގެ ބައްޕަ ކިތައް ދުވަހު މަޑުކޮށްގެން ހުރި ހެއްޔެވެ. އެއަށްފަހުވެސް އަހަރެމެން އަނެއްކާވެސް އެފަދައިން ގެޔަށް އެނބުރި ދިޔުމަށް ޓެކްސީއެއް ހޯދުމަށް ތިބެމުއެވެ. رحم الله عظام والدي تحت الثرى! (ބިމުއަޑީވާ އަހަރެންގެ ބައްޕަގެ ކަށިތަކަށް މާތް ﷲ ރަޙުމް ކުރައްވާށިއެވެ.)
﴿ رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا ﴾ (އަޅުގެ ރައްބެވެ. ކުޑައިރު އެދެވެރިން އަހަރެންނަށް ރަޙުމު ކުރިފަދައިން، އެދެވެރިންނަށް ރަޙުމް ކުރައްވާށިއެވެ.)
— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އަލްޚުޟައިރު (ޓުވީޓަރ ތްރެޑް)
~ ގަލަންދާނު
Comments (0)
Be the first to comment.