ނަބިއްޔާ ﷺ ޒަމާނުގައިވެސް ބަޔެއް މީހުން ނޭގުމުގައި ފަތުވާދީ މިއާޔަތުގެ އަމުރައް ތަބައުނުވެ ގޮސްފައިވޭ
This article is available in Dhivehi only.
ނަބިއްޔާ ﷺ ޒަމާނުގައިވެސް ބަޔެއް މީހުން ނޭގުމުގައި ފަތުވާދީ މިއާޔަތުގެ އަމުރައް ތަބައުނުވެ ގޮސްފައިވޭ:
فَسْـَٔلُوٓا۟ أَهْلَ ٱلذِّكْرِ إِن كُنتُمْ لَا تَعْلَمُونَ
ތިޔަބައިމީހުންނަށް ނޭގެނީނަމަ، ޛިކުރުގެ އަހުލުންގާތު އަހާ
އެހެންކަމުން އެއްވެސް މީހެއް އެމީހެއްގެ ނަފްސުގެ މައްޗަށް ނުއެދޭނޭ ފަދަ ދުޢާއެއް އެކަލޭގެފާނު ﷺ އެވެރިންނަށް ކުރެއްވި. މިގޮތުން ބޮލުގައި ޒަޚަމެއް ވެފައިވާ ޞަޙާބީއަކަށް ހިނައިގަތުމަށް ފަތުވާ ދީ އެކަމުގެ ސަބަބުން މަރުވި. އެކަން އެނގިވަޑައިގެންނެވުމުން ޙަދީޘް ކުރެއްވި:
قَتَلُوهُ قَتَلَهُمُ اللَّهُ أَلَمْ يَكُنْ شِفَاءُ الْعِيِّ السُّؤَالَ
އެވެރިން އޭނާ މަރައިފި. ﷲ އެވެރިން ޤަތުލުކުރައްވާށި. ފަހެ ނޭގުމުގެ ޝިފާއެއްކަމުގައި ސުވާލުކުރުން ނުވޭތަ؟
ދެން މަޒުހަބުތަކަށް ޢައިބުކިޔާ މީހުން އެބަފެނޭ. ހަނަފީންނާއި ޝާފިޢީންނާއި މާލިކީންނާއި ހަންބަލިއްޔަތަށް ތަޢައްޞުބުވާ ފަރާތްތައް ދަށްކޮށްލާތަން އެބަފެނޭ. އެހެނަސް މިކަން މިކުރަނީ ޚުދު އަބޫ ހަނީފާ އާއި ޝާފިޢީ އާއި މާލިކާއި އަޙްމަދަށްވުރެ އެތައް ގުނައެއް ދަށް ބަޔަކަށް ތަބައުވެވިފައިވާ މީހުން.
އަހަރެމެންގެ މިންގަނޑު އެކައްޗެއްގަ ބެހެއްޓުން މުހިއްމު، އެއީ މަސްހުނިވެފައިވާ މަންހަޖެއްގެ ތެރޭގައި ތިބެ ޖަދަލުކުރާ ބަޔަކަށް ނުވުމަށް. މިފަދަ ބަޔަކީ އެހެންނާ ވަކިއަތަކަށް ޖެހިފައިވާ ނޫނީ ޖާހިލު ނޫނީ ޣާފިލު ބަޔެއް.
މިގޮތުން ދަލީލަށް ތަބައުވުމުގައި މުސްލިމުން ހަވަރަކަށް ބަޔަކަށް ބަހާލެވިދާނެ. އެއީ އެވެރިންގެ ޢިލްމުގެ މައްޗަށް މިނެކިރައި.
1
ފުރަތަމަ ދަރަޖައަކީ: ދަލީލުތައް ބަލައިހޯދުމަށް ކުޅަދާނަ އެއަށް އަހުލުވެރި އިޖުތިހާދުކުރަނިވި ޢިލްމިވެރިޔާ. އެހެންކަމުން މީނާ ވާންޖެހެނީ އިދިކޮޅު މީހުންގެ ސީދާ ފޮތްތަކުން -އެހެން ބަޔެއް އެވެރިންނާއި ބެހޭގޮތުން ލިޔެފައިވާ ފޮތްތަކަކުންނެއްނޫން - މިގޮތުން އެވެރިންގެ ރައުޔުތައް ކިޔައިދެވޭނޭ މީހަކަށް. އަދި އިންސާފުވެރި ވުމަކީ މިއީ. އެހެންކަމުން މިފަދަ މީހާ އަށް ދަލީލާއި އެއްބަސްވާ އެއްޗަށް ފަތުވާ ދީ، ދެކޮޅުވެރިވާ މީހާ ކުށްވެރި ކުރެވިދާނެ.
އަދި ރަސޫލާގެ ޙަދީޘްގެ މައްޗަށް އަމުރުކޮށް ގޮވައިލައި އުއްމަތުގެ ބޮޑަކަށްވިޔަސް އެކަމުގައި ރަސޫލާމައްޗަށް ނުނެގުމަށް ގޮވާލުމަށް އެބަޔަކަށް ވާޖިބުމިވަނީ މިދަރަޖައިގެ ބޭފުޅުންނަށް.
Comments (0)
Be the first to comment.