އަލްޢަލްވާން ވިދާޅުވިއެވެ: ❞ الْعَانِيَ އަކީ އަސީރެވެ. ނަބިއްޔު ﷺ ވަނީ އޭނާ މިނިވަން ކުރުމަށް އަމުރު ކުރައްވާފައެވެ. ...ބަންދެއްގައި…
This article is available in Dhivehi only.
އަލްޢަލްވާން ވިދާޅުވިއެވެ: ❞ الْعَانِيَ އަކީ އަސީރެވެ. ނަބިއްޔު ﷺ ވަނީ އޭނާ މިނިވަން ކުރުމަށް އަމުރު ކުރައްވާފައެވެ. ...ބަންދެއްގައި ރަހީނުވެ، އޭނާގެ ހިތްދަތިކަމާއި ހިތާމައިގައި ކެކުޅުމަށް ދޫކޮށްލެވުމީ އޭނާ އަށް ވެވޭ ބޭވަފާއެކެވެ. އެއީ ﷲ ގެ މަގުގައި ޖިހާދުކޮށް، ޢަދުއްވުންނާއި ހަނގުރާމަކޮށް، އިސްލާމް ދީނަށް ނަޞްރުވެރިވެ، މުސްލިމުންނާއި އެވެރިންގެ ގެދޮރާއި އެވެރިންގެ އިއްފަތް ޙިމާޔަތް ކުޅަ މީހެކެވެ. އެހެންކަމުން އެމުސްލިމުތަކުންގެ މައްޗަށް ވާޖިބުވެގެންވަނީ އޭނާ މިނިވަން ކުޅައުމެވެ. އަދި އޭނާ އެއިން ސަލާމަތް ކުރުމުގެ ޒިންމާ (އެވެރިންގެ ބޮލުގައި) އެޅިފައި ވެއެވެ.
އޭނާ އަކީ މީސްތަކުންގެ ތެރެއިން، އެބަޔަކަށް އެހީތެރިވެދީ މަދަދުވެރިވުމަށް އެންމެ ޙައްޤުވެގެންވާ އެކަކެވެ. އަދި ނަބިއްޔު ﷺ އަށް ﷲ ވަނީ، އަނިޔާލިބެމުންދާ މީސްތަކުންނަށް ނަޞްރުވެރިވުމަށް އަމުރު ކުރައްވާފައެވެ. އަދި ފިދިޔަ އާއި މުދަލާއި އެނޫންވެސް ގޮތަކުން، އޭނާ އަށް ސަލާމަތްކަން ހޯދައި ނުދެވިއްޖެ ނަމަ، އޭނާ އެކަމުން ސަލާމަތް ކުރުމަށް އަދި ނަޞްރުވެރި ވުމަށް ވީއެންމެހާ ރޮނގަކުން ގަދައަޅައި މަސައްކަތްކުރުން ވާޖިބުވެގެން ވެއެވެ. އެހެނީ އިސްލާމް ދީނަކީ ނަޞްރުވެރި ވުމުގެ ދީނެކެވެ. އަދި މުއުމިނުންނީ އަޚުން ތަކެކެވެ. އަދި މުސްލިމަކު އޭނާގެ މުސްލިމު އަޚާ މާޔޫސްކަމަށް (ބޭވަފާގައި) ދޫކޮށްނުލާނެތެވެ. އަދި އޭނާގެ އަޚާއަށް އެހީތެރިވުމުގައި ﷲ ގެ އަޅަކު ދެމިހުރިހާ ހިނދަކު، ﷲ ވަނީ އޭނާއަށް އެހީތެރިވެ ވޮޑިގެންނެވުމިގައެވެ. އެހެންކަމުން މުސްލިމަކަށް ނަޞްރުވެއްޖެ މީހަކަށް، ﷲ ނަޞްވެރިވެ ވޮޑިގަންނަވައެވެ. އަދި ޙިމާޔަތް ދޭ މީހަކަށް ﷲ ޙިމާޔަތް ދެއްވައެވެ. މަދަދުދޭ މީހަކަށް ﷲ މަދަދުދެއްވައެވެ. އޭނާ (ތުރާތަކުން) ދިފާޢު ކޮށްދީފި މީހާ، ﷲ އެއިލާހުގެ ބިންގަނޑުން ދިފާޢު ދެއްވައެވެ. އޭނާ މާޔޫސްވުމަށް ދޫކޮށްލައިފިމީހާ، ﷲ އޭނާ ނާއުއްމީދަށް ދޫކޮށްލައްވައެވެ. އަދި ބަދަލު ލިބުންވަނީ އެޢަމަލަކާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ.❝
(މީގެ ފުލް ތަރުޖަމާ އަށް: ބައްލަވާ)
~ ގަލަންދާނު
Comments (0)
Be the first to comment.