އިބްނު ތައިމިއްޔާ ގެ ފޮތްތައް އަހަރެން އެތައް ފަހަރަކު ކިޔާފައި ވާނެއެވެ. އޭގެ ފެށުމުން ނިޔަލަށެވެ. އެކިޔާ ކޮންމެ ފަހަރަކުވެސް،…
This article is available in Dhivehi only.
②
އިބްނު ތައިމިއްޔާ ގެ ފޮތްތައް އަހަރެން އެތައް ފަހަރަކު ކިޔާފައި ވާނެއެވެ. އޭގެ ފެށުމުން ނިޔަލަށެވެ. އެކިޔާ ކޮންމެ ފަހަރަކުވެސް، ބޯބުރާންތިވެއެވެ. އެ ކޮށައިމަށައި ދިނުމަށް ތިބާއަށް މާސިންގާ ޢިލްމުވެރިން ބޭނުންވެއެެވެ. ތިބާ ރައްކާތެރިވެ، އެކަލޭގެފާނުގެ ބަސްމަގުގެ މައްޗަށް ކުޅަދާނަ ޢިލްމު ހުންނަން ޖެހެއެެވެ. އަދި އެކަލޭގެފާނުގެ އެންމެހާ ލިޔުއްވުންތަކެއް ނޫނީ އެންމެ މަދުވެެގެެން ތިބާ ވާަހަކަ ދައްކަން ޤަޞްދުކުރާ ދާއިރާގެ މައްޗަށްވާ އެންމެހާ ލިޔުއްވުންތަކެއް ތަފްޞީލީކޮށް ކިޔަންޖެހެއެވެ. މިއީ ވަކިން ޚާއްޞަކޮށް އިބްނު ތައިމިއްޔާގެ (ލިޔުއްވުންތަކުގަ)އެވެ: ޚައްޞާޞް ކަަންކަަމުގައި އެކަަލޭގެފާނުގެ ފަތުވާއެއް ފަހުމް ކުރުމަށް އެކަލޭގެފާނުގެ މުޅި (ފަތާވާ) މަޖްމޫޢު ތެރޭ ބުރަބުރައިގެެން ގޮސްފައިވާ ތަންތަންކޮޅުތައްް އެއްކުރާން ޖެހެއެވެ. އަދި (އެ މައުޟޫޢު) ދެނެގަނެވުން ވަނީ އެއެއްކޮށްް ނަގައިގެނެެވެ. އަދި އެއަށްފަހު އެކަލޭގެފާނު އެފަތުވާ ނިޞްބަތް ކުރައްވަނީ ކޮން ކޮން ބަޔަކަށްތޯ ވެސް ދެނެގަންނަން ޖެހެއެވެ. އެއީ އެފަތުވާ ގެ ފަހަތުގައިވާ ޙާލަތްތައް ދެނެގަތުމަށެވެ. މިއީ ތިބާ އެނަގައި ޚިޔާރުކުރާން އެދޭނަމެއެެވެ.
މިއަދު — اَلْحَمْدُ لِلّٰه ގިނަބަޔެއް ނުވިޔަސް — (އެފޮތްތަކުގެ) އަޞްލުން ބައިބައި ހޮވައިލެވި ތަރުޖަމާ ކުރެވިފައިވާ ފޮތްތަކުންް (ފަހުމު) ނަގައި، މުޅި ޤައުމެއް (އޭގެ އަފުރާދުން) އެކީ އެއްކޮށް ކާފަރުން ކަމުގައި ކަނޑައަޅާން އުޅޭ ބައެއް މީހުން ތިބާމެންނަށް ފެންނާނެއެވެ. ނަޖުދުގެ އިމާމުންގެ ބަސްކޮޅުތައް އޭގެ އަޞްލު ހާލަތުން ބޭރުން ނަގައި ، ދެން ހުޅަނގު ގައި ދިރުއުޅޭ ގާތްގަނޑަކަށް އެންމެންވެސް ތިބާއަށް ކާފަރު ކުރެވިދާނެއެެވެ. އެވެރިންގެ މިބުނުން ފުށުން ﷲ ޙަޟުރަތުން ރައްކައުތެރިކަމަށް އެދެމެވެ. ނުވަތަ އެއްވެސް މީހެއް ވިޔަސް މިބުނުމުން ބުނުމަށެވެ. އެހެނަސް އަހަރެންގެ މިޤަޥްލަކީ، ބައެއް ބަސްކޮޅުތައް އޭގެ އަޞްލު ހާލަތުން ބޭރުން ނެގިދާނޭކަމެވެ. ޢިލްމުވެރިންގެ ފައިދޮށުން ފޮތްތައް ކިޔުމުގެ ޒަރޫރަތަކީ މިއީއެވެ.
— އަޙްމަދު މޫސާ ޖިބްރީލް (ތިން އުޞޫލުގެ ޝަރަޙަ، ދެލިކޮޕީ އިން ޞ. 448 - 449)
~ ގަލަންދާނު
Comments (0)
Be the first to comment.