ޕީއެސްއެމް ރޭޑިއޯ "ދީނުގެއަޑުން" ގެނެސްދޭ މިޕުރޮގްރާމް ގައި، ރޭގަނޑު ނިދުމުގެ ކުރިން ކިޔާ ޛިކުރުތަކުގެ ތެރެއިން،
This article is available in Dhivehi only.
🔴 ޕީއެސްއެމް ރޭޑިއޯ "ދީނުގެއަޑުން" ގެނެސްދޭ މިޕުރޮގްރާމް ގައި، ރޭގަނޑު ނިދުމުގެ ކުރިން ކިޔާ ޛިކުރުތަކުގެ ތެރެއިން،
سورة الإخلاص، الفلق، الناس މިތިން ސޫރަތް ކިޔައި ނަފަޘަކޮށް ގައިގައި އަތް ފުހުމުގެ ތަރުތީބެއް ކަމުގައި ކިޔައިދީފައި ވަނީ: ކޮންމެ ސޫރަތެއް ތިންފަހަރަށް ތަކުރާރުކޮށް، ކިޔައި ނިންމުމަށްފަހު، ދެން އެއްްފަހަރަށް ނަފަޘަކޮށް އަތްފުހެ ނިންމާލުމެވެ. އެހެނަސް މިކަމުގައި ބޮޑަށް ރަނގަޅު ތަރުތީބަކީ: އަހަރެމެން ކުރިންވެސް ބަޔާން ކޮށްފައިވާފަދައިން، سورة الإخلاص، الفلق، الناس އެއްބުރަށް ކިޔައި، ދެން ނަފަޘަކޮށް، ދެން އަތްފުހެ ، އަނެއްކާވެސް މިގޮތަށް ތިންފަހަރު ހަމަވަންދެން އެކަން ކުރުމެވެ. (މަތީގައިވާ ވީޑިއޯގެ ފަހަތަށް އަހަރެމެން އެއްކޮށްފައި އެވާ އައްޠަރީފީގެ ޖަވާބުގައިވެސް ބަޔާން ކުރައްވާފައިވަނީ މިފަދައިންނެވެ.)
~ ގަލަންދާން
Comments (0)
Be the first to comment.