އާޚިރަތުގެ ހެވަށް އެދި ދުޢާއު ކުރުން)
This article is available in Dhivehi only.
📚 (އާޚިރަތުގެ ހެވަށް އެދި ދުޢާއު ކުރުން)
”މީސްތަކުންގެ ތެރެއިން ގިނަ މީހުން އެވެރިންގެ ދުޢާ ދުނިޔޭގެ ހެޔޮތަކަށް އެކަނި ހަނިކޮށްލައެވެ. އަދި އާޚިރަތުގެ ހެވަށް ދުޢާ ގިނަގުނަ ކުރުމަށް ޣާފިލުވެއެވެ. އަދި މިއީ ކުށްވެރިވެގެންވާ ކަމެކެވެ. الله تعالى ވަޙީކުރެއްވިއެވެ:
فَمِنَ ٱلنَّاسِ مَن يَقُولُ رَبَّنَآ ءَاتِنَا فِى ٱلدُّنْيَا وَمَا لَهُۥ فِى ٱلْءَاخِرَةِ مِنْ خَلَٰقٍ * وَمِنْهُم مَّن يَقُولُ رَبَّنَآ ءَاتِنَا فِى ٱلدُّنْيَا حَسَنَةً وَفِى ٱلْءَاخِرَةِ حَسَنَةً وَقِنَا عَذَابَ ٱلنَّارِ * أُو۟لَٰٓئِكَ لَهُمْ نَصِيبٌ مِّمَّا كَسَبُوا۟ۚ وَٱللَّهُ سَرِيعُ ٱلْحِسَابِ (1)
”އަޅަމެންގެ ރައްބެވެ! ދުނިޔޭގައި އަޅަމެންނަށް (ހެޔޮކަން) ދެއްވާނދޭވެ“ އޭ ކިޔައި ދުޢާއު ކުރާ މީހުން، މީސްތަކުންގެ ތެރެއިންވެއެވެ. އެއިން މީހަކަށް އާޚިރަތުގައި އެއްވެސް ނަޞީބެއް ނެތެވެ. * އަދި ”އަޅަމެންގެ ރައްބެވެ! ދުނިޔޭގައި ހެޔޮކަން އަދި އާޚިރަތުގައި ވެސް ހެޔޮކަން އަޅަމެންނަށް ދެއްވާނދޭވެއެވެ. އަދި ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާނދޭވެ“ އޭ ކިޔައި، ދުޢާއު ކުރާ މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ. * އެއުރެން ހޯދި ހެޔޮކަމުގެ ނަޞީބު އެއުރެންނަށް ހުށްޓެވެ. اللَّه އީ، ޙިސާބު ބެއްލެވުން އަވަސްވެ ވޮޑިގެންވާ އިލާހެވެ.“
އެހެންކަމުން ފުރަތަމަ ބައިގަނޑު، އެވެރިންގެ ކަންބޮޑުވުމަކަށް ގެނައީ ހަމައެކަނި ދުނިޔެއެވެ. މިސަބަބަށްޓަކައި އެވެރިން ކުށްވެރިވެ ޤުރުއާން ބާއްވައިލެއްވުނެވެ. އެއީ ދެވަނަ ބައިގަނޑާއި ޚިލާފަށެވެ. އެވެރިން ދުނިޔެއާއި އާޚިރަތުގެ ހެވަށް ދުޢާއު ކުރިއެވެ. އެހެންކަމުން އެވެރިންނަށް ޘަނާކިޔެވި ޤުރުއާން ބާއްވައިލެއްވުނެވެ.“
______
(1) އަލްބަޤަރާ ސޫރަތުގެ 200، 201، 202 ވަނަ އާޔަތުގެ ނިޔަލަށް. މިފަހު އާޔަތް އައްސަޢްދު މީގެ އަޞްލުގައި ޛިކުރު ކުރައްވާފައިނުވެއެވެ.
~ އައްޝެއިޚް ޢަބްދު الله އައްސަޢްދު
Comments (0)
Be the first to comment.