Others
އެމިހެއްގެ ނަފުސާއި އޭނާގެ ގޭގެ އެންމެހާ އަހުލުންގެ މައްޗަށް 1 ކަންބަޅި ގުރުބާން ކުރުން، މިއީ ސުންނަތުގެ ތެރެއިން ވާ ކަމެކެވެ — ޢަޠާއު ބުނު…
By Galandān Admin21 July 2020 at 20:540 Comments
This article is available in Dhivehi only.

🔻
އެމިހެއްގެ ނަފުސާއި އޭނާގެ ގޭގެ އެންމެހާ އަހުލުންގެ މައްޗަށް 1 ކަންބަޅި ގުރުބާން ކުރުން، މިއީ ސުންނަތުގެ ތެރެއިން ވާ ކަމެކެވެ:
ޢަޠާއު ބުނު ޔަސާރު ވިދާޅުވިއެވެ: ﷲ ގެ ރަސޫލު ﷺ ގެ ޙަޔާތްޕުޅުގައި ގުރުބާނީ ކަތިލުން ވީ ކިހިނަކުން ތޯ އަހަރެން އަބޫ އައްޔޫބުލް އަންޞާރީ ގާތު އެހީމެވެ. ވިދާޅުވިއެވެ: ”މީހެއް އެމީހެއްގެ އަމިއްލަ ނަފުސަށާއި އޭނާގެ ގޭގެ އަހުލުންނަށް އެއް ކަންބަޅި ގުރުބާން ކުރެތެވެ. އަދި އެވެރިން އަމިއްކަޔަށް ކައި އަދި އަނެކުންނަށް ވެސް އެއިން ދެވެއެވެ. ދެން މީސްތަކުން ދެއްކުންތެރިވެގެންގޮސް މިހާރު ތިފެންނަ ފަދައިން ވެގެން ދިޔައެވެ.“
ރިވާކުރެއްވީ އައްތިރުމިޛީ، އަދި ޙަސަން ޞަޙީޙް ކަމަށް ވިދާޅުވިއެވެ.
Comments (0)
Be the first to comment.