ޢާޝޫރާ ދުވަހުގެ ރޯދަ އަކީ އެންމެ މަތިވެރި ޢަމަލު ތަކުގެ ތެރެއިންވާ އެއްޗެކެވެ. އަދިކިއެއް؟ އެއީ އިސްލާމް ދީނުގެ އެންމެ ފުރަތަމަ ދައުރު…
This article is available in Dhivehi only.
✨ ❞ ޢާޝޫރާ ދުވަހުގެ ރޯދަ އަކީ އެންމެ މަތިވެރި ޢަމަލު ތަކުގެ ތެރެއިންވާ އެއްޗެކެވެ. އަދިކިއެއް؟ އެއީ އިސްލާމް ދީނުގެ އެންމެ ފުރަތަމަ ދައުރު ފަރުޟު ވެގެންވީ އެއްޗެކެވެ. ދެން ރަމަޟާން މަހުގެ ފަރުޟު އާއި އެކު އޭގެ ފަރުޟުކަން ކެނޑި އެހެނަސް އޭގެ މުސްތަޙައްބު ކަން ދެމިއޮތެވެ. ފަހެ ޞަޙީޙު މުސްލިމް ގައި ޢަބްދު ﷲ ބުނު މުޢައްބަދުއް ޒަމާނީ ގެ ޙަދީޘް ތަކުން، އަބޫ ޤަތާދާ އަރިހުން ނަބިއްޔާ ﷺ އަރިހުން ރިވާވެގެން ވެއެވެ. އިތުރުކަލޭގެފާނު ﷺ ޢާޝޫރާގެ ރޯދަ އާއިމެދު ޙަދީޘް ކުރެއްވިއޭ: "أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ" ”އެއީފާއިތުވި އަހަރުގެ ކައްފާރާއެއް ކަމުގައި (އެބަހީ: ކުށްފާފަ ފުއްސެެވުމެއް ކަމުގައި) ﷲ ޙަޟުރަތަށް ތިމަންކަލޭގެފާނު އުއްމީދުކުރައްވަމެވެ.“ ❝
—ޝައިޚް، އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (މަސްދަރު)
~ ގަލަންދާނު 🖋️
Comments (0)
Be the first to comment.