އަލްވާބިލުއް ޞައްޔިބު (ޞ. 77) ގައި އިބްނުލް ޤައްޔިމް، "ޛިކުރު ކުރުމުގެ" އެތަކެއް ފާއިދާ ތަކެއް ބަޔާން ކުރައްވަމުން ވިދާޅުވިއެވެ
This article is available in Dhivehi only.
އަލްވާބިލުއް ޞައްޔިބު (ޞ. 77) ގައި އިބްނުލް ޤައްޔިމް، "ޛިކުރު ކުރުމުގެ" އެތަކެއް ފާއިދާ ތަކެއް ބަޔާން ކުރައްވަމުން ވިދާޅުވިއެވެ:
ފަސްދޮޅަސް އެކެއް: ޛިކުރުވެރިޔާ އަށް ޛިކުރުން (ޖިސްމާނީ) ބާރު ލިއްބައިދެއެވެ. އެއީ އޭނާގެ ހަށިގަނޑަށް ބަލާ އިރު އޭނާ އަށް ކުރެވިދާނޭ ކަމަށް ހީވެސް ނުކުރެވޭ ކަންތައްތައްވެސް އޭނާ ކޮށްފުމާއިހަމައަށެވެ! އަދި އަހަރެން، ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ގެ ބާރަށް ހެކިވީމުއެވެ. ސުންނަތް ތަކާއި، ވާހަކަ ދެއްކެވުމާއި، ހިއްވަރުގަދަކަމާއި، އަދި ފޮތްލިޔެއްވުމުގައި ފެނިފައިވަނީ ޢަޖާއިބު ކުރަނިވި ކަންތައްތަކެކެވެ. (ލިޔެވިފަވާ އެއްޗެއް) ކޮޕީ ކުރާ މީހަކަށް ހަފްތާއެއް ނޫނީ އެއަށްވުރެ ގިނަ ދުވަސް ނަގާ ތަކެތި އެކަލޭގެފާނު އެއްދުވަހުން އެބަ ލިޔުއްވައެވެ. އަދި ހަނގުރާމާގައި އެކަލޭގެފާނު ބާރާއި މެދި ބޮޑެތިކަންތައްތަކެއް ޢަސްކަރީ މީހުން ވަނީ ދެކެފައެވެ.“ اهـ.
~ ގަލަންދާނު
Comments (0)
Be the first to comment.