ﷲ ގެ އާޔަތް ތައް (ހެކިތައް) ބެހެނީ 2 ބަޔަކަށެވެ
This article is available in Dhivehi only.
ﷲ ގެ އާޔަތް ތައް (ހެކިތައް) ބެހެނީ 2 ބަޔަކަށެވެ:
[ 1 ]: ކަޥްނީ⁽¹⁾ އާޔަތް ތައް، އަދި މިބައި ދެބަޔަކަށް ބެހެއެވެ:
( أ ): ހަށިގަނޑުގައި ވާ އާޔަތް ތައް ( ب ): ފަޒާ ގައި ވާ އާޔަތްތައް
އެއީ ﷲ تعالى ވަޙީ ކުރެއްވި ފަދައިންނެވެ:
{سَنُرِيهِمْ ايَاتِنَا فِي الاْفَاقِ وَفِي أَنفُسِهِمْ}
(އުދަރެސްތަކުގައްޔާއި، އެއުރެންގެ އަމިއްލަ نفس ތަކުގައިވާ، ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް، ތިމަންރަސްކަލާނގެ އެއުރެންނަށް ނިކަންހުރެ ދައްކަވާހުށީމެވެ.)
[ 2 ]: ޝަރުޢީ އާޔަތްތައް: މިއީ ﷲ سبحانه އެއިލާހުގެ ނަބިއްޔުންނާއި ރަސޫލުންނަށް ބާއްވައިލެއްވި އެންމެހާ ފޮތެކެވެ. އަދި މިބައި ދެބަޔަކަށް ބެހެއެވެ:
( أ ): މުޙްކަމް އާޔަތްތައް ( ب ): މުތަޝާބިހު އާޔަތްތައް
އެއީ ﷲ تعالى ވަޙީ ކުރެއްވި ފަދައިންނެވެ:
{هُوَ ٱلَّذِىٓ أَنزَلَ عَلَيۡكَ ٱلۡكِتَٰبَ مِنۡهُ ءَايَٰتٌ مُّحۡكَمَٰتٌ هُنَّ أُمُّ ٱلۡكِتَٰبِ وَأُخَرُ مُتَشَٰبِهَٰتٌۖ...}
އެކަލާނގެއީ، ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވި ކަލާނގެއެވެ. مُحۡكَم (އެބަހީ: އޮޅުމެއްނެތި، މާނަ ސާފުކޮށް އެނގޭ) آية ތަކެއް އޭގެތެރޭގައިވެއެވެ. އެ آية ތަކަކީ، އެ ފޮތުގެ މައިގަނޑު ބަޔެެވެ. އަދި مُتَشَٰبِه آية ތަކެއްވެސްވެއެވެ. (އެބަހީ: اللَّه އަށް މެނުވީ އޭގެ މާނަ އެނގުންނުވާ، ނުވަތަ علمى نظر އަކުން ބަލައިގެންމެނުވީ އޭގެ މާނަ ދޭހަނުވާ آية ތަކެއްވެސް އޭގެތެރޭގައި ވެއެވެ.)
— އައްސަޢްދު
~ ގަލަންދާނު
_____________
كَوْنِيَّةٍ: އެބަހީ ޢާލަމީ އެވެ. އުޑުތަކާއި ބިމާއި އޭގައިވާހާ އެއްޗެއް އަދި އިންސީންވެސް ހިމެނޭ ގޮތަށެވެ.
Comments (0)
Be the first to comment.