އަދި ޞަޙީޙް މުސްލިމްގައި އަބޫ ޙުރައިރާ ވިދާޅުވިއޭ: "ﷲ ގެ ރަސޫލު صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ”ޖަމާވާށެވެ. އެހެނީ ތިމަންކަލޭގެފާނު…
This article is available in Dhivehi only.
އަދި ޞަޙީޙް މުސްލިމްގައި އަބޫ ޙުރައިރާ ވިދާޅުވިއޭ: "ﷲ ގެ ރަސޫލު صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ”ޖަމާވާށެވެ. އެހެނީ ތިމަންކަލޭގެފާނު އިސާހިތަކު ތިޔަބައިމީހުންނަށް ޤުރުއާނުގެ ⅓ ކިޔަވައިވިދާޅުވެދެއްވާ ހުށީމެވެ.“ ދެން ޖަމައުވެވޭނެ ބަޔަކު ޖަމައުވެއްޖެއެވެ. ދެން ނަބިއްޔާ صلى الله عليه وسلم ނުކުމެވަޑައިގެން (قل هو اللَّه أحد) ކިޔަވައިވިދާޅުވެއްޖެއެވެ. ދެން އެނބުރި ވަޑައިގެންފިއެވެ. ދެން އަހަރުމެން އެއްބަޔަކު އަނެއް ބަޔަކަށް ބުނެފީމުއެވެ: ”އުޑުން (ވަޙީގެ) ގެ ޙަބަރެއް އައިހެން ހީވެއެވެ. އެތެރެއަށް ވަޑައިގެންނެވީ އެހެންވެއެވެ.“ (އެބަހީ، ހީފުޅުކުރެއްވީ އެކަލޭގެފާނު ޤުރުއާނުގެ ⅓ ކިޔަވައި ނުނިއްމަވާ ކަމަށެވެެ.) ދެން އިތުރު އެކަލޭގެފާނު ނިކުމެވަޑައިގެން ޙަދީޘް ކުރެއްވިއެވެ: ”ތިމަން ނަބިއްޔާ ޤުރުއާނުގެ ⅓ ކިޔަވައި ވިދާޅުވާނެކަމަށް ތިޔަބައިމީހުން ގާތު ދެންނެވީމުއެވެ. ދަންނައެ، އެ (ސޫރަތް) ޤުރުއާނުގެ ⅓ އާއި އެއްވަރެވެ.“ އަދިވެސް އެކަލޭގެފާނު (އެބަހީ މުސްލިމް) ގެ އެހެން ރިވާޔަތެއްގައިވަނީ ، ”ﷲ ގެ ރަސޫލާ ތިމަންމެންގާތަށް ނިކުމެވަޑައިގެންނެވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ: ”ތިޔަބައިމީހުންނަށް ޤުރުއާނުގެ ⅓ ބައި ކިޔަވައިދެއްވާ ހުށީމެވެ!“ ދެން ކިޔަވައި ވިދާޅުވިއެވެ: (قل هو اللَّه أحد، ﷲ الصمد) —މިސޫރަތުގެ ނިމުމާއި ހަމައަށެވެ.“
[މަތީގައި ބަޔާންގަނެވުނީ، مجموع فتاوى، شيخ الإسلام އިބުނު ތަޢިމިއްޔާ 17ج ޞ 6-8]
ެައަދި مجموع فتاوى 17ج 134 ޞ135 ގައި ޝައިޚުލް އިސްލާމް ވިދާޅުވިއެވެ:
ޤުރުއާން 3 ބަޔަކަށް ވާކަމުގެ މައްޗަށް އޮތް އެންމެ ހެޔޮ ދޭހައަކީ: (i) ތައުޙީދާއި (ii) ވާހަކަ ތަކާއި (iii) ޙުކުމްތައް ކަމަށް އަހަރެމެން އިހު (17 ވަނަ ޖުޒުޢުގެ ފެށުމުގައި) ބަޔާންކޮށްފީމެވެ. އަދި ރަހުމާންވަންތަ އިލާހުގެ ސިފަފުޅުތައް މިވާ ސޫރަތަކީ ”އައް-ތައުޙީދު“ އެކަންޏެވެ. އެހެނީ ޤުރުއާނަކީ ﷲ ގެ ކަލާމްފުޅެވެ. އަދި އަލްކަލާމް ވަނީ 2 ބަޔަކަށެވެ: އެހެންޔާ (i) އިރާދަފުފުޅެވެ. ނޫނީ (ii) ޙަބަރުފުޅެވެ. އަދި "ޙަބަރު" ވަނީ އެހެންޔާ (i) ޙާލިޤުވަންތަ އިލާހާއި މެދުގައެވެ. ނޫނީ (ii) މަޙުލޫޤުންގެ ޚަބަރެވެ. އަދި އެއިލާހުގެ އިރާދަފުޅަކީ އަމުރާއި ނަަހީ ފަދަ ޙުކުމްތަކެވެ. އަދި މަޙުލޫޤުންގެ ޙަބަރަކީ ވާހަކަތަކެވެ. (އިހުގެމީހުންގެ ވާހަކަތައް (ޤަޞަޞް އެވެ.) ). އަދި ޚާލިޤުވަންތަ އިލާހުގެ ޚަބަރަކީ އެއިލާހުގެ އިސްމުފުޅުތަކާއި ސިފަފުޅުތައް ޛިކުރުކުރެވިފައިވާ ޛިކުރުތަކެވެ. އަދި ޤުރުއާނުގައި މިސޫރަތް ފިޔަވައި އެ އެކީ އެއްކޮށް ރަހުމާންވަންތަ އިލާހާއިމެދު އެކަނިވާ ސޫރަތެއް ނުވެއެވެ.
އަދި 2 ޞަހީޙް ގައި ޢާއިޝާ رضي الله عنهما އަރިހުން ވާރިދުވެފައިވެއެވެ: ﷲ ގެ ރަސޫލު صلى الله عليه وسلم ބޭކަލަކު ހަނގުރާމައިގެ ސަރިއްޔާ އެއްގައި ފޮނުއްވެވިއެވެ. މި ބޭކަލަކު އެބޭފުޅާއާއި އެކު ތިއްބެވި ބޭކަލުންނަށް ކިޔަވާ ވިދާޅުވާ (ކޮންމެ ފަހަރަކުވެސް) ނިންމަވަނީ قل هو اللَّه أحد އިން ނެވެ. އެހެންކަމުން އެބޭކަލުން އެނބުރިވަޑައިގެން މިވާހަކަ ﷲ ގެ ރަސޫލު صلى الله عليه وسلم އަށް ދެންނެވިއެވެ. ޙަދީޘް ކުރެއްވިއެވެ: ”އޭނާއާއި ސުވާލުކުރާށެވެ. އޭނާ އެކަން އެފަދައިން ކުރީ ކީއްވެތޯއެވެ؟“ އެހެންކަމުން އެބޭކަލުން އެބޭފުޅާއާއި ސުވާލުކުރެއްވުމުން ވިދާޅުވިއެވެ: ”އެހެނީ އެއީ ރަހުމާންވަންތަ އިލާހުގެ ސިފަފުޅެވެ. ފަހެ އެ ކިޔެވުމަށް ތިމަންކަލޭގެފާނު ލޯބިވަމެވެ.“ ﷲ ގެ ރަސޫލުصلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: (أخبروه؛ أن الله يحبه) ”ﷲ އޭނާދެކެ ލޯބިވޮޑިގެންވާކަމަށް، އޭނާއަށް ޚަބަރުދޭށެވެ!“
(ނުނިމޭ)
2/
#Tafsir_ibnTaymiyyah
Comments (0)
Be the first to comment.