މިހެންކަމުން އިންސާނާ «قل هو ﷲ احد» ކިޔާހިނދު ޤުރުއާނުގެ ⅓ ގެ މިންވަރަށް ޘަވާބު ޙާޞިލުކުރެވެއެވެ. އެހެނަސް މިއިން ޤުރުއާނުގެ ބާކީއޮތް…
This article is available in Dhivehi only.
މިހެންކަމުން އިންސާނާ «قل هو ﷲ احد» ކިޔާހިނދު ޤުރުއާނުގެ ⅓ ގެ މިންވަރަށް ޘަވާބު ޙާޞިލުކުރެވެއެވެ. އެހެނަސް މިއިން ޤުރުއާނުގެ ބާކީއޮތް ބައިން ޙާސިލްވެވޭނޭ ޘަވާބާއި "އެއްގޮތްވުން" ވާޖިބެއްނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އަމުރާއި ނަހީއާއި ޤަޞަޞުގެ ބައިން ލިބޭ ޘަވާބު ގެ "ވައްތަރަށް" އޭނާވަނީ ޙާޖަތްޖެހިފައެވެ. ވީމާ «قل هو ﷲ احد» އިން އޭގެ ޖާގަ ފޫނުބެއްދޭނެއެވެ. އަދި އޭގެ މަޤާމެއްވެސް އަދާ ނުކުރެވޭނެއެވެ. އަދި މިފަދައިން «قل هو ﷲ احد» ނުކިޔެވިޔަސްއެވެ. އެހެނީ ހަމަކަށަވަރުން އޭގައި ބޮޑުވެގެންވާ އަޖުރެއްވިއެއް ކަމަކު، އެކިޔަވައިގެން ޤުރުއާނުގެ ބާކީ އޮތް ބައިގަވާ އަޖުރުގެ "ވައްތަރު" ޙާޞިލްވުމެއް ނުވެއެވެ. މިއާއި ޚިލާފަށް އޭނާގެ އީމާންކަން ފުރިހަމަކުރުމަށް ބޭނުންވާ؛ އަމުރާއި ނަހީއާއި، ވަޢުޡު އާއި ވަޢީދު ދެނެގަނެ މަޢުރިފާކުރުމަށްވަނީ (އެއިން އެކަނިނަމަ) ފަޤީރުވެ ހާޖަތް ޖެހިފައެވެ.
މިހެންވީހިނދު، މުޅިޤުރުއާން ކިޔަވައިގެން ލިއްބައިދޭ މަޢްރިފާ މިސޫރަތް އެކަނި ކިޔައިގެން ޙާޞިލްއެއް ނުކުރެވެއެވެ. މި ސަބަބަށްޓަކައި ޤުރުއާން އެކީ އެއްކޮށް ކިޔަވާމީހާ، ތިންފަހަރު މިސޫރަތް ކިޔަވާމީހާ، ޘަވާބު ހޯދުމުގެ ކޮޅަށް ވުރެ މަތިވެރިވެގެންވެއެވެ. އެއީ «قل هو ﷲ احد» 3 ފަހަރު ކިޔަވާމިހާ އޭގެ ޘަވާބާއި މިންވަރުވެގެންވާ ޘަވާބެއް ލިބުނަސްއެވެ. އެހެނީ އެއްވައްތަރެއްގެ އެއްޗަކުން އަޅާއަށް ޙާޖަތްޖެހިފައިވާ އެހެން ވައްތަރުތައް ނެތުމުންނެވެ. އެއީ 3000 ދީނާރު އޮތް މީހެއްފަދައިންނެވެ. އަދި އަނެއްމީހެއް އަތުގައި ކާނާއާއި، އަންނައުނާއި، ބޯހިޔާވަހިކަން، 3000 ދީނާރާ އެއްވަރަށް ވެއެވެ. އެހެންކަމުން އެ (ތިންހާސް ދީނާރު އޮތް) މީހާ، އޭގެން އޭނާގެ އެންމެހާ ކަމަކަށް މަންފަޢު ނުކުރެއެވެ. އަދި އަނެކާއަށްވެސް، އޭނާ އަތުގައި ހުރި ތަކެއްޗާއި އެކުވެސް ޙާޖަތަށް ޖެހެއެވެ. އޭނާ އަތުގައި ހުރި ތަކެތި އަނެކާގެ މުދަލާއި އެއްވަރުވިޔަސްއެވެ. ހަމަ މިފަދައިން އޭނާ އަތުގައި އެންމެ ޝަރަފުވެރި ކާނާތަކުގެ ތެރެއިން ކާނާ 3000 ދީނާރާއި އެއްވަރަށް ހުއްޓަސް އޭނާއަށް އަންނައުނާއި، ބޯހިޔާވައްސާއި، އަދި އޭނާ ދިފާޢުވުމަށް ކޮންމެހެން ބޭނުންވާނޭ މިންވަރަށް ހަތިޔާރާއި، ބޭހާއި އަދި މިނޫންވެސް ކާބޯތަކެތި ނޫން އެއްޗެހި ހިމެނެއެވެ.
އަދި އެނގެންޖެހޭ ކަންކަމުގެ ތެރޭގައި ޤުރުއާން ކިޔެވުމާއި ޛިކުރާއި ދުޢާއާއި ނަމާދާއި އަދި މިނޫންވެސް ކަންކަމުގައި މީހާގެ ޙާލުގެ މައްޗަށް އޭގެ ފަޟުލުވަންތަކަން ތަފާތުވެއެވެ. އެހެންކަމުން ތަދައްބުރާއިއެކު ކިޔެވޭ ކިޔެވުން، އެއާއި ނުލައި ކިޔެވޭ ކިޔެވުމަށްވުރެ މަތިވެރިވެގެންވެއެވެ. އަދި ހުޝުއްވަތްތެރިކަމާއި ހިތް ޙާޟިރުކޮށްގެން ކުރާ ނަމާދު އެއާއި ނުލާ ކުރެވޭ ނަމާދަށްވުރެ މަތިވެރިއެވެ. އަދި އަޘަރެއްގައި ވެއެވެ: "ދެމީހެއްގެ ނަމާދުގެ މަޤާމު ފުރަތަމަ ސަފުގައި ވެދާނެއެވެ. އެހެނަސް އެވެރިންގެ ނަމާދު އުޑާއި ބިމާހާ ތަފާތެވެ." އަދި ބައެއް ޝެއިޚުން «قل هو ﷲ احد» އަޑު އުފުލައި، އޭގެން އެވެރިންނަށް ބޮޑުވެގެންވާ ބަރަކާތެއް ލިއްބައިދެއެވެ. އަދި އެނޫން ބަޔަކު އެ އަޑުއުފުލައި މިކަމެއް ޙާޞިލު ނުވެއެވެ. އެހެންކަމުން ބުނެވެއެވެ: "ކޮންމެ ފަރުދެއްގެ «قل هو ﷲ احد» ކޮންމެ ކޮންމެ ފަރުދަކަށް މަންފާއެއް ނުކުރެއެވެ."
8/
#Tafsir_ibnTaymiyyah
Comments (0)
Be the first to comment.