ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ
This article is available in Dhivehi only.
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ:
❞ ގިނަ ފަހަރަށް (الرياء) ރިޔާއު އާއި (العجب) ޢުޖުބް އެކެއްޗެއްގޮތުގައި މީސްތަކުން ހަދައެވެ. ފަހެ ރިޔާއު އަކީ މަޚުލޫޤުންނާއި ގުޅިފައިވާ ޝިރުކުގެ ގޮފިން ވާއެއްޗެކެވެ. އަދި ޢުޖުބް އަކީ ނަފުސާއި ގުޅިފައިވާ ޝިރުކުގެ ގޮފިން ވާއެއްޗެކެވެ — މިއީ ކިބުރުވެރިވާ ޙާލަތެވެ.
އެހެންކަމުން، ރިޔާއު ކުރާ މީހާ {إياك نعبد} (އަހަރެމެން އަޅުކަން ކުރަނީ އިބަ އިލާހަށް އެކަންޏެވެ.) — މިވަޙީ ގެ ޙައްޤު އަދައު ނުކުރެއެވެ. އަދި ޢުޖުބު ވެރިޔާ {وإياك نستعين} (އަހަރެމެން ވާތްގަށް އެދެނީ އިބަ އިލާހަށް އެކަންޏެވެ.) — މިވަޙީ ގެ ޙައްޤު އަދައު ނުކުރެއެވެ. ވީމާ، އެއިލާހުގެ ވަޙީ {إياك نعبد} ގެ ޙައްޤު އަދައުކޮށްފި މީހެއް، ރިޔާއު އިން މިންޖުވެއެވެ. އަދި {وإياك نستعين} ގެ ޙައްޤު އަދައުކޮށްފި މީހެއް ޢުޖުބް އިން މިންޖުވެއެވެ. އަދި މަޢުރޫފު ޙަދީޘެއް ގައި ވެއެވެ: «ثلاث مهلكات: شح مطاع وهوى متبع وإعجاب المرء بنفسه» (ހަލާކުވަނިވި ތިން ކަންތަކީ: އެއަކަށް ކިޔަމަންވެވޭ ދަހިވެތިކަމާއި ، ތަބައުވެވޭ ހަވާނަފުސާއި، އަމިއްލަ ނަފުސުގެ މައްޗަށް އަންނަ އުޖުބުވެރިކަމެވެ. ( އެބަހީ: ހިތްމޮޅުކަމެވެ⁽¹⁾. ) ❝
— މަޞްދަރު: "مجموع الفتاوى" ( 10/277).
~ ގަލަންދާނު
________________
[1] ހިތްމޮޅުކަން: ތިމާއަށް ތިމާ ފެނި ފައި ހުންނަކަން. (ބައްލަވާ: ބަސްފޮތުގެ "ހާ" ގެ ރަދީފް)
Comments (0)
Be the first to comment.