އެބަހީ: الفاتحة ކަމަށް) ކަނޑައަޅުއްވާ އަދި "މަތިވެރިވެގެންވާ ޤުރުއާން" އަކީ މުޅި ޤުރުއާން (އާއި އެއްފަދައިން) ކަމަށް ދެކިލައްވާ ބޭކަލުންގެ…
This article is available in Dhivehi only.
(އެބަހީ: الفاتحة ކަމަށް) ކަނޑައަޅުއްވާ އަދި "މަތިވެރިވެގެންވާ ޤުރުއާން" އަކީ މުޅި ޤުރުއާން (އާއި އެއްފަދައިން) ކަމަށް ދެކިލައްވާ ބޭކަލުންގެ ނަޒަރުގައެވެ. (އަބޫ ޔަޢްލާ އިތުރަށް) ވިދާޅުވިއެވެ: "އަދި އެއީ "އުއްމުލް ޤުރުއާން" (ޤުރުއާނުގެ މަންމަ) ކަމުގައި ނަންދެވޭތީއެވެ. އަދި އެއްޗެއްގެ 'މަންމަ' އަކީ އޭގެ އަޞްލެވެ. އަދި އޭގެ މާއްދިއްޔަތެވެ. އަދި މިސަބަބަށްޓަކައި މައްކާ އަކީ "އުއްމުލް ޤުރާ" (ރަށްތަކުގެ މަންމަ) ކަމުގައި ﷲ ނަންދެއްވިއެވެ. އަދި އެހެން ރަށްތަކުގެ މައްޗަށްވާ އޭގެ ޝަރަފުމަތިވެރި ކަމަށްޓަކައެވެ. އަދި އެއަކީ ތަކުރާރުވަނިވި ހަތް (އާޔަތް) ކަމުގައިލެއްވެވުމެވެ. އަދި އެހެން ސޫރަތްތަކުގައި އެއީ އެއްކޮށް އެކުނުލެވޭ (އާޔަތްތައް) އޭގައި ޝާމިލުކޮށް ވާތީއެވެ. އެެއީ ޘަނާއާއި، އަރަހުށި ރައްބަށް ޙަމްދުކުޅައުމާއި، އަދި އެއިލާހަށް ވާތްގަތް އެދުމާއި ރައްކައުތެރިކަމަށް އެދުމާއި އަޅާގެ ފަރާތުން ދުޢާ ހިމެނުމެވެ. މިއީ ނަބިއްޔާ صلىﷲ عليه وسلم ގެ ޙަދީޘްގައި ވާ ފަދައިންނެވެ. (އެޙަދީޘަކީ): "ﷲ ވަޙީކުރެއްވިއެވެ: ތިމަން އިލާހާއި ތިމަން އިލާހުގެ އަޅާއާއި ދެމެދު ނަމާދު ބެއްސެވީމެވެ...." އަދި މިއީ މަޝްހޫރު ޙަދީޘެކެވެ. (އަބޫ ޔަޢްލާ އިތުރަށް) ވިދާޅުވިއެވެ. އަދި (އަނެއް ސަބަބަކީ) ތައުރާތަކުވިޔަސް، އަދި އިންޖީލަކުވިޔަސް، އަދި އައްޒަބޫރުއާއި ފޮތްތަކުގެ ތެރެއިން އެއްވެސް އެއްޗަކު އެފަދަ (ސޫރަތެއް) ބާއްވާލައްވާފައި ނުވާކަމެވެ. މިއިން ދަލީލުވަނީ، ކޮންމެ ފަރުދަކަށްވެސް މިކިޔެވުން ފަސޭހަވުމެވެ. އެއީ ޤުރްއާނުގެ އެހެން އެއްވެސް ބަޔެއް ކިޔެވުމަށްވުރެއެވެ. އަދި މީގެ މައްޗަށް (އަރަބިންތެރޭ) މިޘާލުބަސްވެސް ޖެހިފައިވެއެވެ. "މިވެނި މީހެއް ފާތިހާވަރު އެއްޗެއް ހިދުދަސްކޮށްފިއެވެ." އަދި މިންގަނޑަށް ބަލާއިރުވެސް އެހެން އެއްވެސް އެއްޗެއް އެއާއި އެއްހަމަ ނުވެއެެވެ. އެހެންކަމުން އޭގެ ޝަރަފުވެރިކަމުގައި ޚާއްޞަވެގެންވެއެވެ. އަދި އެއަކީ ތަކުރާރުވަނިވި ހަތް (އާޔަތް) ކަމުންނެވެ. ތަފްސީރު ޢިލްމުވެރިން ވިދާޅުވެއެވެ: 'މީގެ މާަނައީ' އެކިޔެވުން ކޮންމެ ރަކުޢަތެއްގައި (ނަމާދުގައި) ތަކުރާރުވާތިއެވެ. 'އޭގެ ތެރެއިން ބަޔެއް ބޭފުޅުން ވިދާޅުވެތެވެ: ނަބިއްޔާ صلى الله عليه وسلم އަށް އެންމެ ތަކުރާރުކޮށް ބާވާއިލެއްވުނީ އެސޫރަތެވެ."- އަހަރެން (އިބުނު ތައިމިއްޔާ) ބުނަމެވެ އަދި މިނޫންވެސް ބަސްފުޅު (މީގެ ތަފްސީރުގައި) ވެއެވެ.
ޕޭޖް 14(1/2)
(އަބޫ ޔަޢްލާ) އިތުރަށް ވިދާޅުވިއެވެ: ދެންފަހެ ޙުކުމަށް ބަލާއިރު، ހަމަކަށަވަރުން ކޮންމެ ރަކުޢަތެއްގައި އެކިޔެވުން އެދެވިގެންވެއެވެ. އަދި އެ ދޫކޮށްލުން ނުރުހިގެންވެއެވެ. މިމާނައަށް އެކަނި ބެލިޔަސް މިއީ އެންމެ ޝަރަފުވެރިއެވެ. އެއީ ޖަދަލުކުރާމީހުން -އެބަަހީ: ހަނަފީން (الفاتحة އަކީ ރުކުނެއް ގޮތުގައި ނުބަލާ މީހުންގެ ރަޢުޔަށް ބެލިޔަސް)- އެވެރިންގެ ދަލީލުގެ މަތިން، އެސޫރަތް ދޫކޮށްފި މީހެއްގެ މައްޗަށް ހަނދުމަނެތުމުގެ ސަޖިދަ ޖެހުން ވާޖިބެވެ. އަހަރެމެން ބުނަމެވެ: އެހެންޏާ އެރުކުނަކަށްވިޔަސް، ނުވަތަ ނުވިޔަސް އެދޫކޮށް ނުލާށެވެ. އެހެނީ ހަމަކަށަވަރުން އެއީ ރުކުނެއްކަމުގައި ވަނީނަމަ، ސަޖިދަކުރުމަކުން ނުފުދޭނެއެވެ. އެއީ ރުކުނެއްކަމުގައި ނުވާނަމަ، ވާޖިބުވެގެންވަނީ، ސަޖިދަކުރުން ވާޖިބު ނުކުރުމެވެ." އަހަރެން-(އިބުނު ތައިމިއްޔާ)- ބުނަމެވެ: މިއިން އެދޭަަހަކުރައްވަނީ: (ކުށު) ސަޖިދަކުރުން ވާޖިބެއް ކަމުގައިނުވެޔޭ އެހެނަސް (ނަމާދުގެ) ތަނބުތަކުގެ ތެރެއިންވާ ވާޖިބެއް ދޫކުރުމުން މެނުވީ - ކަމެވެ. އެހެންކަމުން އެފަަދަކަމެއް ހަނދުމަނެތުމުގައި ނުކުރެވިއްޖެނަމަ، ސަޖިދަކުރުން ވާޖިބެވެ.
ޕޭޖް
14/
(2/2)
#Tafsir_ibnTaymiyyah
Comments (0)
Be the first to comment.