ނޯޓް: އިބްރާހީމް ޢަލައިހިއްސަލާމް ނަބިއްޔު ކަމަށް ފޮނުއްވުމުގެ ކުރިން {هذا ربي} ކަމަށް ވިދާޅުވި ޤަޥްލަކީ އިސްލާމް ކަމަށް ފަހު ދަޢުވަތު…
This article is available in Dhivehi only.
⚠️ނޯޓް: އިބްރާހީމް ޢަލައިހިއްސަލާމް ނަބިއްޔު ކަމަށް ފޮނުއްވުމުގެ ކުރިން {هذا ربي} ކަމަށް ވިދާޅުވި ޤަޥްލަކީ އިސްލާމް ކަމަށް ފަހު ދަޢުވަތު ދެއްވުމަށްޓަކައި ވިދާޅުވި ޝިރުކުގެ ކަލިމަޔެއް ކަމުަގައި ދަޢުވާ ކުރި ބަޔަކަށް (ވަކިން ޚާއްޞަކޮށް މިނަޒަރިއްޔާތުން އޮތް މިފޭސްބުކް ޕޯސްޓަކަށް ރައްދުދީ) 2018، އޮގަސްޓު 14 ގެ [ގަލަންދާނު] ގެ ލިޔުމެއްގެ މައްޗަށް: އޭގައި ބަޔާން ވެވުނު ”މިއާޔަތުގެ ތަފްސީރާއި މެދު“ ޒުވާބެއް އަޚަކު ގެނެސްފައި ވުމުން (އެހެނަސް: މިޒުވާބަކީ ބުއްދީގެ ތައުވީލާއި ޖަހަމީންގެ ޙުއްޖަތާއި އިސްލާމް ކަމަށް ފަހު ”ދަޢުވަތަށް ޓަކައި“ ޝިރުކު ކުރުމުގެ މަޥްޟޫޢު ގައި ނޫން ކަމުގައި އަހަރެމެން ދެފަރާތްވެސް އެއްބަސް ވާހިނދު)، އެހެނަސް އާޔަތުގެ ތަފްސީރު ގައި ”އައްޠަބަރީ ރާޖިޙު ކުރެއްވި“ އިދިކޮޅު ރައުޔެއް އޮތް ކަން ސަމާލުކަމަށް ގެނެސްފައިވާތީ އާއި، އެރައުޔު ބަޔާން ވެފައި ނެތަތީ އެގޮތަށް އެލިޔުން ތަރުތީބު ވެފައި އޮތުމަކީ އެންމެ ޢަދުލުވެރި ގޮތެއް ކަމުގައި އަހަރެމެންނަށް ނުފެންނާތީ މިބުނެވުނު ލިޔުން އެ ޚިލާފުތައް ޞަރީޙަކޮށް ބަޔާން ވާނޭހެން ގެނެސް، އެ އާޔަތުގެ ތަފްސީރުން ރާޖިޙުކަމަށް (އަހަރެމެން) ދެކޭ ގަޥްލު ހާމަވާނޭހެން އަލުން ތަރުތީބު ކުރުމަށްޓަކައި، ވަޤުތީގޮތުން ޗެނަލުން މިލިޔުން އުނިކުރެވިފައިވާ ވާހަކަ ބަޔާން ކޮށް ސަމާލު ކަމަށް ގެންނަމެވެ.
🤚ބުނެވަުނު އަހަރެމެންގެ ރައްދު އަދި އާޔަތުގެ ތަފްސީރު ބިނާ ކޮށްފައިވަނީ: އަލްޤުރުޠުބީ ގެ ތަފްސީރުގެ މައްޗަށެވެ. އަދި އޭގެ އިތުރުން އަބޫ ސަލްމާން އައްޞޫމާލީގެ ފަތުވާއެއްގެ މައްޗަށެވެ. އަދި އަހަރެމެންގެ އެ ރައުޔަކީ ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ އަދި އިބްނު ކަޘީރު ރާޖިޙު ކުރެއްވި ރައުޔެވެ. އަދި އިސްލާމްވެބާއި އެނޫން ފަތުވާ ބޯޑް ތަކުން ރާޖިޙު ކުރެއްވި ޤަޥްލެވެ. (އޭގެ ޚުލާޞާ)
ދެންބުނަމެވެ: އާޔަތުގެ ތަފްސީރާއި މެދު އޮތް ބުނުމުން ތަރާޖިޢުވާނަމަ އެކަން މި ލިޔުން އަލުން ޝާއިޢު ކުރާއިރު ބަޔާން ކުރެވޭނެއެވެ. އެހެނީ އާޔަތުގެ ތަފްސީރު ގައި ސަލަފުންގެ ޤަޥްލަކީ އައްޠަބަރީ ރާޖިޙު ކުރެއްވި ގޮތް ކަމުގައި ބުނެވޭތީ އާއި އެގޮތުން އެމައްސަލަ އިތުރަށް މުތާލިޢާ ކުރަން ޖެހޭތީއެވެ. إن شاء الله
اللهم أَرِنا الحق حقاً وارزقنا اتباعه، وأرِنا الباطل باطلاً وارزقنا اجتنابه
— އިދާރާ 🖋
Comments (0)
Be the first to comment.