ﷲ تبارك تعالى ޔޫނުސުގެފާނާއި މެދު ވަޙީ ކުރެއްވިއެވެ: ▶️فَلَوۡلَآ أَنَّهُۥ كَانَ مِنَ ٱلۡمُسَبِّحِينَ * لَلَبِثَ فِى بَطۡنِهِۦٓ إِلَىٰ…
This article is available in Dhivehi only.
♥️ ❞ ﷲ تبارك تعالى ޔޫނުސުގެފާނާއި މެދު ވަޙީ ކުރެއްވިއެވެ: ▶️فَلَوۡلَآ أَنَّهُۥ كَانَ مِنَ ٱلۡمُسَبِّحِينَ * لَلَبِثَ فِى بَطۡنِهِۦٓ إِلَىٰ يَوۡمِ يُبۡعَثُونَ ◀️ ”ފަހެ އެކަލޭގެފާނު تَسْبِيح ކީ މީހުންގެ ތެރެއިން (ނުވަތަ ذِكْر ކޮށް ދުޢާ ކުރެއްވި ބޭކަލުންގެ ތެރެއިން) ނުވިނަމަ ޤިޔާމަތްދުވަހަށް ދާންދެން އެމަހުގެ ބަނޑުގައި އޮންނަވައިފީހެވެ.“ (الصافات 143 ، 144)
އަދި ﷲ تعالى —ޖަންނަތުގެ އަހުލުންގެ ވާހަކާގައި— ވަޙީ ކުރެއްވިއެވެ: ▶️قَالَ أَوۡسَطُهُمۡ أَلَمۡ أَقُل لَّكُمۡ لَوۡلَا تُسَبِّحُونَ * قَالُواْ سُبۡحَٰنَ رَبِّنَآ إِنَّا كُنَّا ظَٰلِمِينَ ◀️ ”އެމީހުންގެ ތެރޭގައި ހުރި އެންމެ عَدْلُ ވެރި ހެޔޮލަފާމީހާ ބުންޏެވެ. ކަލޭމެން الله އަށް تَسْبِيْح ނުކީ ކިއްވެގެން ހެއްޔެވެ؟ (އެބަހީ: الله އިރާދަކުރެއްވިއްޔާއޭ ނުބުނީ ކީއްވެގެންހެއްޔެވެ؟) * އެމީހުން ދެންނެވިއެވެ: އަޅަމެން ހައްދަވާ ބޮޑުކުރައްވާ ކަލާނގެ ހުސްطَاهِرُ ވަންތައެވެ. (سُبْحَانَ الله އެވެ.). ހަމަކަށަވަރުން އަނިޔާވެރިން ކަމުގައި އަހުރެމެން ވެއްޖައީމެވެ.“ (القلم 28 ، 29)
އަހަރެން (އައްސަޢްދު) ބުނަމެވެ:
މިއިން ދަލީލުކޮށްދެނީ ތަސްބީޙަ ކިޔުމީ، ޖުމްލަގޮތެއްގައި ﷲ (އެންމެހާ) ކަންބޮޑުވުންތަކަކުން ނަޖާކުރައްވައިދެއްވާ ސަބަބުތަކުގެ ތެރެއިން އެއްޗެއް ކަމެވެ. އެއީ: «لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِين» ނޫނީ އެނޫން ތަސްބީޙައެއް ކީ ކަމުގައި ވިޔަސް އެވެ.❝
— އައްޝެއިޚް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާނު 🖋
Comments (0)
Be the first to comment.