إِنَّ شَانِئَكَ هُوَ الْأَبْتَرُ}
This article is available in Dhivehi only.
{إِنَّ شَانِئَكَ هُوَ الْأَبْتَرُ}
ނަބިއްޔު ﷺ އަކީ، އެކަލޭގެފާނުގެ ޤަބީލާ އާއި ގުޅުންކެނޑިފައިވާ އަދި ވާރުތަވާނޭ ފިރިހެން ދަރިއެއްވެސް ނެތް ބޭކަލެއް ކަމުގައި ވުމުން، އެއީ "ހަނދުމަނެތިހިނގައިދާނޭ އަދި ކެނޑިގޮސްފައިވާ މީހެކޭ" މުޝްރިކުންތައް ގޮވައި ހެދިއެވެ.
ﷲ އެއުރެންގެ ފުރައްސާރައަށް ރައްދުދެއްވައި ވަޙީކުރެއްވިއެވެ:
إِنَّ شَانِئَكَ هُوَ الْأَبْتَرُ
"ހަމަކަށަވަރުން، ކަލޭގެފާނަށް ރުޅިވެރިވާ މީހާ، [އެންމެހާ ހެޔޮކަމަކުން، ޙަޤީޤަތުގައި] ކެނޑިގެންވާ މީހަކީ އެއީއެވެ."
އައް-ސުއްދީ ވިދާޅުވިއެވެ:
❞ އަދިކިއެއްހެއްޔެވެ؟ ﷲ އެކަލޭގެފާނުގެ ޛިކުރު އެންމެހާ މީސްތަކުންގެ ބޯތައްމަތީ ދެމެހެއްޓެވިއެވެ. އަދި މެދުކެނޑުމެއްނެތި އެންމެހާ އަޅުތަކުންގެ ކޮނޑުގައި ލެވިފައިވާ ވާޖިބެއްކަމަށް އެއިލާހު މިކަން، އެއިލާހުގެ ޝަރުޢުގައި ލެއްވިއެވެ. މަޙުޝަރުގެ ދުވަހާއި ހަމަޔަށެވެ. އަދި الله ގެ ޞަލަވާތާއި އެއިލާހުގެ ސަލާމް އެކަލޭގެފާނުގެ މައްޗަށް އިޢާދަވެ ދެމިއޮންނާނެތެވެ. މީސްތަކުން އެއްކުރެވޭ ދުވަހާއި ހަމައަށެވެ. ❝
~ ގަލަންދާނު
Comments (0)
Be the first to comment.