އަންހެނަކު އޭނާގެ މުޅި ހަށިގަނޑު ނިވާކޮށްގެން މެނުވީ ހިޖާބުވެގެންވާ (ބުރުގާ އެޅި) މީހަކަށް ނުވާނެއެވެ. އަދި އޭގެ ތެރޭގައި މޫނުވެސް…
This article is available in Dhivehi only.
📚 އަންހެނަކު އޭނާގެ މުޅި ހަށިގަނޑު ނިވާކޮށްގެން މެނުވީ ހިޖާބުވެގެންވާ (ބުރުގާ އެޅި) މީހަކަށް ނުވާނެއެވެ. އަދި އޭގެ ތެރޭގައި މޫނުވެސް ހިމެނެއެވެ. އެކަމުގެ ދަލީލުތަކުގެ ތެރެއިން ﷲ عز وجلގެ މި ވަޙީބަސްފުޅު ހިމެނެއެވެ:
▶️وَإِذَا سَأَلْتُمُوهُنَّ مَتَاعًا فَاسْأَلُوهُنَّ مِن وَرَاءِ حِجَابٍ ۚ ◀️ ((އަދި އެކަނބަލުން ގެ ކިބައިން ތިޔަބައިމީހުން އެއްޗަކަށް އެދޭނަމަ، ފަހެ، ފަރުދާއެއްގެ އަނެއްފަރާތުން ތިޔަބައިމީހުން އެކަނބަލުންނާ ސުއާލު ކުރާށެވެ!))
އަދި މި އާޔަތަކީ ނަބިއްޔު ﷺ ގެ އަނބިއަނބިކަނބަލުނާއި މެދު ބާވައިލެއްވުނު އާޔަތެއް ކަމުގައި ވިޔަސް، އޭގެ ޙުކުމަކީ ހުރިހާ އަންހެނުންނަށް ޢާންމުވެގެންވާ ޙުކުމެކެވެ. އަދި އެކަމަށް ބާރުދެނީ، އެ ޙުކުމުގެ ސަބަބު ބަޔާންކުރައްވައި އާޔަތުގައި ދެން އައިސްފައިވާ މި ބަޔާނުންނެވެ:
▶️ذَٰلِكُمْ أَطْهَرُ لِقُلُوبِكُمْ وَقُلُوبِهِنَّ◀️
((ތިޔަބައިމީހުންގެ ހިތްތަކަށާއި، އެކަނބަލުންގެ ހިތްޕުޅުތަކަށް އެންމެ ޠާހިރުކަންބޮޑީ އެގޮތެވެ.))
~ އައްޝެއިޚް ޢަބްދު الله އައްސަޢްދު (ބަސްކޮޅު)
Comments (0)
Be the first to comment.