اللّٰه عز وجل ތަކްބީރު ކުރުމުގެ އަޅުކަމަކީ އެންމެ މަތިވެރިވެގެންވާ އަޅުކަންތައް ތެރެއިން ވާ ކަމެކެވެ. ހަމަކަށަވަރުން اللّٰه عز وجل…
This article is available in Dhivehi only.
🔻
”اللّٰه عز وجل ތަކްބީރު ކުރުމުގެ އަޅުކަމަކީ އެންމެ މަތިވެރިވެގެންވާ އަޅުކަންތައް ތެރެއިން ވާ ކަމެކެވެ. ހަމަކަށަވަރުން اللّٰه عز وجل އެއިލާހުގެ ނަބިއްޔު އަށް ﷺ ، އެކަމަށް އަމުރުކުރެއްވިއެވެ. އަދި އެއަށްފަހު އެކަލޭގެފާނު، އެކަލޭގެފާނުންގެ އުއްމަތަށް އެކަމަށް އަމުރު ކުރެއްވިއެވެ. އެއިލާހު تَعَالَى ވަޙީ ކުރެއްވިއެވެ:
﴿ وَقُلِ ٱلْحَمْدُ لِلَّهِ ٱلَّذِى لَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُۥ شَرِيكٌ فِى ٱلْمُلْكِ وَلَمْ يَكُن لَّهُۥ وَلِىٌّ مِّنَ ٱلذُّلِّۖ وَكَبِّرْهُ تَكْبِيرًۢا ﴾
”އަދި ކަލޭގެފާނު ވިދާޅުވާށެވެ! ޙަމްދު ހުރީ اللَّه އަށެވެ. އެކަލާނގެއީ، ދަރިކަލަކު ނުހިއްޕަވާ އިލާހެވެ. އަދި ވެރިކަމުގައި އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. އަދި ނިކަމެތިކަމުން ސަލާމަތް ކުރާނޭ ރައްކާތެރިޔަކު އެކަލާނގެއަކަށް ނުމެވޭމެއެވެ. އަދި ކަލޭގެފާނު ގިނަގިނައިން އެކަލާނގެއަށް ތަކްބީރު ކިޔާށެވެ!“
އަދި وَكَبِّرْهُ تَكْبِيرًۢا (...ގިނަގިނައިން އެކަލާނގެއަށް ތަކްބީރު ކިޔާށޭ) މާނައަކީ، ފުރިހަމަ މަތިވެރި ކުރުމަކުން އެއިލާހު މަތިވެރި ކުރާށޭ އެވެ.“
~ ޝައިޚް، ޢަބްދު اللّٰه އައްސަޢްދު | ގަލަންދާނު
Comments (0)
Be the first to comment.