ފެމިނިޒަމް ގެ ގޮވެލިތަކަށް، ވަށައިޖެހެނެވި ނަޒަރިއްޔާތަކަށް އިސްލާމީ ދާޢީން ސަމާލުވުން
This article is available in Dhivehi only.
➊
ފެމިނިޒަމް ގެ ގޮވެލިތަކަށް، ވަށައިޖެހެނެވި ނަޒަރިއްޔާތަކަށް އިސްލާމީ ދާޢީން ސަމާލުވުން
[މިއީ އައްޠަރީފީގެ "قيادة المرأة ...حتى تفهم" އިން ނެގިފައިވާ ނުކުތާ ތަކެކެވެ.]
ފުރަތަމަކަމަކީ: ކަމެއްގެ ޒިއްމާ އުފުލޭ ވައްޓަފާޅީގެ މައްޗަށް ބަލައި އޭގެ މައްސަލަ ދެނެ ނުގަނެވޭނެއެވެ. އެހެނަސް އެކަން ދެނެގަނެ ވުން ވަނީ އެއެއްޗެއް މައްޗަށް އެ ޢަމަލެއް ބިނާވާ އޭގެ އަޞްލު ފަހުމް ވުމުގައެވެ. މިހެން ކަމުން، (ކަމެއް ބިނާވާ) އަޞްލު ޞައްޙަ ނަމަ، އޭގެން ފޯދޭ ނަތީޖާ ޞައްޙައެވެ.⁽¹⁾
ދެންފަހެ ޙިޖާބު ވުމަކީ އާދަކާދައިގެ ތެރޭގައި ވާ ކަމެއް ކަމާއި (އަންހެނުންނާއި ފިރިހެނުން) މަސްހުނި ވުމަކީ ހުއްދަކަމެއް ކަމުގައި ބުނާމީހެއް، ފަހެ މިފަދަ މީހަކާއި ފަރުޢީ⁽²⁾ ކަންކަމުގައި ބަހުޘް ކޮށްގެންނުވާނެއެވެ. އެހެނީ އެ މަނަޢު އެއަކުން ފޯދުނު އަޞްލަށް އޭނާ (އެންމެ ފުރަތަމައިއިނުންވެސް) އީމާންވެ ނެތުމުންނެވެ. އެފަދަ މީހާކާއި ދެބަސްވުމަކީ، ގަހެއްގެ އަޞްލު ބާވަތަކީ ކޮބައިތޯ އާއިމެދު އެއްބަސް ނުވެ، އެ ގަހެއްގައި އަޅާނީ ކަދުރުތޯ ނޫނީ މޭބިސްކަދުރުތޯ އާއިމެދު ދެބަސްވުން ފަދައެވެ.
ދެވަނަކަމަކަށް: އަންހެނުން ކާރު ދުއްވުމާއިމެދު އަހަރެމެން ޙުކުމެއް ނެރެން ގަސްދު ކުރާނަމަ؛ އެކަންތަކު މައްޗަށް ވެރިވާ ކަންކަމަށް، އޭގެ ލަނޑުދަނޑިތަކާއި، އޭގެން ފޯރާނޭ އަޘަރުތަކާއި އެކަމަށް ގޮވާލާ މީހުންނަށް — އަހަރެމެންގެ ނަޒަރު ފުޅާކުރަން ޖެހެއެވެ. އެއީ އެމައްސަލައަށް ނަޒަރު ހިންގާލައި އެއީ (ހަމައެކަނި) ކުރިޔަށް ގޮސް މައްޗަށް އަރައި ތިރިޔަށް ފޭބުން ކަމަށް ނުބެލުމެވެ.
އަންހެނުން (އުޅަނދު) ދުއްވުމުގެ ކަންތައް އަހަރެމެން ގެންނަނީ ޖަމަލާއި އެކު އަޥްލާ ޤިޔާސެއް⁽³⁾ އެހެން ނޫނީ އެއްގޮތް ޤިޔާސެއް ގޮތުގައެވެ. ޖަމަލު ދުއްވުމަށް ހުއްދަކުޅަ ޝަރީޢަތް ވަނީ ފިރިހެނުންނަށްވެސް އެ ބަޔެއް ދަނޑިވަޅުގައި ދުއްވުން ޙަރާމް ކޮށްފައިކަމަށް އަހަރެމެން ތެރޭ ފަރުވާކުޑަކޮށްފައިވެއެވެ. އަދި މިއީ އަންހެނުންގެ އިތުރުންނެވެ.
ބިރުވެރިކަމުގެ ޙާލަތުގައި އާއި ފަސާދަވެރިކަން އުތުރޭހިނދު، މި ދާއްބަތައް ދުއްވުން ނަބިއްޔު ﷺ ވަނީ ނަހީ ކުރައްވާފައެވެ. ޙަދީޘް ކުރެއްވިއެވެ: «الراكب شيطان والراكبان شيطانان والثلاثة ركب» (އެއް ދުއްވުން ތެރިއަކީ ޝައިޠާނެކެވެ. ދެ ދުއްވުން ތެރީންނަކީ ދެ ޝައިޠާނުންނެވެ. ތިން މީހުންނަކީ ދަތުރުވެރި ބައިގަނޑެކެވެ.) އަދި ޙަދީޘް ކުރެއްވިއެވެ: «لو يعلم الناس ما في الوحدة ما أعلم ما سار راكب بليل وحده» (އެކަނިމާއެކަނި ދަތުރުވެރިވުމާއިމެދު ތިމަންކަލޭގެފާނަށް އެނގޭ އެއްޗެއް މީސްތަކުންނަށް އެނގޭނޭ ނަމަ، ރޭގަނޑުގައި އެކަނިމާ އެކަނި ދަތުރުވެރި ނުވާނެތެވެ.)
އެހެންކަމުން، ފިރިހެން ދަތުރުވެރިޔެއް ވެއްޖެނަމަ، ސަޙަރާއެއްގައި އެކަނި ދާއްބައެއްގައި ދަތުރު ކުރުމަކީ، އެކަމުގައިވާ ނުރައްކައު ގެ ސަބަބުން އެކަން ނަހީވުން ކަނޑައެޅޭ ކަމެކެވެ.
އަދި ފަހެ އަންހެނާ އާއިމެދު؛ ނުރައްކައުގެ ތެރޭ ޖަމަލު ދުއްވުމުގެ ނަހީ އާއި، އަމާން ކަމުގައި އެކަމުގެ ހުއްދަ އައިސްފައިވެއެވެ. އެހެނީ ޙަދީޘް ގައި ވެއެވެ: «توشك الظعينة أن تسافر من مكة إلى صنعاء لا تخاف إلا الله» (ﷲ ނޫން ފަރާތަކަށް ބިރުނުގަނެ، މައްކާއިން ޞަންޢާ އަށް، އައްޡަޢީނާ* ދަތުރުވެރިވުން ގާތެވެ.) އަދި *الظعينة އަކީ: (ޖަމަލު) ދުއްވާ އަންހެނާއެވެ. އަދި މީގެ ފަހުމުން ދަލީލުވާ އެއްޗަކީ، ބިރުވެރިކަމުގެ ޙާލަތު މަނައު ކުރުމާއި، ފަސް ޟަރޫރަތުން ކަމެއް⁽⁴⁾ ނެތިދިއުމުގެ ފަސާދަ (ނުބައިކަން) ދެނެގަތުމެވެ.
______
[1] އޭގެ މިޘާލަކީ ކައިވެނިން ބޭރުގައި ޖިމާޢުވުން އެއީ ޙަރާމްވެގެންވާ ޒިނޭއެކެވެ. އެހެނަސް ކައިވެނީގެ ޢަޤުދަކާއިއެކު ހުއްދަ ޙަލާލެކެވެ. އޭގެ އަޞްލު ޙަރާމްވުމުން ފޯދޭ އެތި ޙަރާމްވެއެވެ. އެ ޢަމަލު އޭގެ ބޭރުފުށަށް އެކައްޗެއް ކަމަށް ވިޔަސް އެވެ.
[2]ފަރުޢީ ކަންކަން: މިއީ އަޞްލެއްގެ ދަށުން ފޯދޭ ގޮފިތަކެވެ. މިޘާލަކަށް: ރިބާ އަކީ ޙަރާމް އެއްޗެކެވެ. އޭގެން ފޯދޭ ގޮފިތަކުގެ ތެރޭގައި: ރިބާ ބޭންކް އެއްގައި މަސައްކަތް ކުރުން، ރިބާ ބޭންކެއްގައި ރަޖިސްޓަރ ވުން، އެފަދަ ތަނަކަށް ބިމެއް ކުއްޔަށް ދިނުން އަދި މިބާވަތުގެ ކަންކަމެވެ. އެހެންކަމުން މިކަމުގެ އަޞްލު: ރިބާ ޙަރާމް ވުން ޤަބޫލު ނުކުރާ މީހަކާއި، އޭގެ ފަރުޢީ ކަންކަމުގައި ބަޙުޘްކުރުމެއް ނުވެއެވެ.
[3] ޤިޔާސު އަޥްލާ: އަކީ އެއަކާއީ ޤިޔާސު ކުރެވޭ އެއްޗަށް ވުރެ އޭގެ މައްޗަށް އެ ޙުކުމް އަޥްލާވެގެންވާ ޤިޔާސެވެ. މިޘާލަކަށް މައިންބަފައިންނަށް އުއްފު ނުބުނުމަށް ޤުރުއާނުގައި އަމުރުވެވިގެން ވީ ހިނދު، އަދި އަތްމަޅައި ޖެހުން އެ މަނައު ގައި އައުލާވެގެން ވެއެވެ.
[4] ”އުއްމަތް —އަދި ކިޔެއް؟ އެންމެހާ އުއްމަތްތައް— ވަނީ އިސްލާމީ ޝަރީޢަތް ލެއްވެވުނީ: ފަސް ޟަރޫރިއްޔާތު ރައްކައުތެރި ކުރުމަށް ކަމަށް އިއްތިފާޤުވެފައެވެ. އެއީ: « ދީން، ނަފްސު، ނަސްލު، މުދާ އަދި ބުއްދި އެވެ. » އަދި މިކަމުގެ ޢިލްމަކީ އުއްމަތުގައި ޟަރޫރަތް ފަދަ އެއްޗެކެވެ.“ — އައްޝާޠިބީ
Comments (0)
Be the first to comment.