ތިންވަނަކަމަކަށް: ރައުޔެއް ނޫނީ ޢަމަލެއް ގިނަގުނަވެފައިވުމީ، އެ ބަހުގެ ނޫނީ ޢަމަލުގެ ޞައްޙަ ކަން ކަނޑައަޅައިދެނިވި ޙުއްޖަތެއް ނޫނެވެ
This article is available in Dhivehi only.
➋
ތިންވަނަކަމަކަށް: ރައުޔެއް ނޫނީ ޢަމަލެއް ގިނަގުނަވެފައިވުމީ، އެ ބަހުގެ ނޫނީ ޢަމަލުގެ ޞައްޙަ ކަން ކަނޑައަޅައިދެނިވި ޙުއްޖަތެއް ނޫނެވެ.
ވީމާ، ރަލަކީ ދެބަސްވުމެއްނެތް ޙަރާމް އަކުން ޙަރާމްކުރެވިފައިވާ އެއްޗެކެވެ. މިއާއި އެކުވެސް އެންމެހާ މުސްލިމު ބިންތަކުގައި އެވިއްކެއެވެ — އެއީ އެހެނަސް އަހަރެމެންގެ (ސަޢޫދީ ޢަރަބިއްޔާ) ގައި މެނުވީއެވެ. އެހެން ބުލްދާނު ތަކަށް ބަލައި، ފަހެ އެކަން ކުރާ މީހުންގެ ގިނަ ކަމަށްބަލައި އޭގެ ޒާތުގައިވާ ޙައްޤު (ތެދު) ބަދަލުކުރުން ހުއްދަވެގެން ނުވެއެވެ.
ހަތަރުވަނަ ކަމަކަށް: ކާރެއް ދުއްވުމީ (ވަކި ޚާއްޞަ) އިއްޒަތެއް ނޫނެވެ. އެހެން ނޫންނަމަ ރައީސުންނާއި ވަޒީރުންނާއި ބޮޑުންނެއް އެކަން ދޫނުކުރާނެ އެވެ. އަދިކިޔެއް؟ ފަހަރެއްގައި އޭގެ ފަހަތުގައި އެވެރިން ތިބެންވެސް ނުރުހޭނެތެވެ.
ފިރިހެނާއަށް އޭނާގެ އަހުލުންގެ މައްޗަށް އަދާ ކުރަންޖެހޭ ޙައްޤު އުނގަންނައިދިނުމަށް މުޖުތަމަޢު މިވަނީ ޙާޖަތަށް ޖެހިފައެވެ. އޭނާގެ ފަރުވާކުޑަކަން އިތުރުކުރާކަށެއް ނޫނެވެ.
ފަސްވަނަ ކަމަކަށް: މީޑިއާ ގިނަގުނަ އިން އުޅެނީ، ހިޓްސް ގިނަކުރުމުގެ އުކުޅުތަކާއި، (އުޅަދު ފަހަރު) ދުއްވުމުގެ ޙާއްޖަތަށް މަގުފަހި ކުރާ މިޘާލުތަކާއި، ތެދު ހާދިސާ ތަކާއި ކާރިޘާތަކާއި ހިތާމަތަކުގެ ވާހަކަތަކުގައެވެ. އެހެނަސް ވަކި ޚާއްޞަ މަސްއަލައަކަށް ނަމަ، އެކަހެރި ހާދިސާ ތަކާއި، އެކަމުގެ އަޞްލު އަދި ޖުމްލަވީ ގޮތެއްގައި ފޯރާ ގެއްލުން ފަރަޤު ކުރަންޖެހެއެވެ.
ހަވަނަ ކަމަކަށް: އަންހެނުންގެ މައްސަލަތަކުގައި ވަރަށް ގިނަ ލިޔުންތެރިން އެއަށްވާ ޝަރުޢީ ބާރުވެރިކަމާއި ޢިލްމީ އަސާސުތަކަށް ވާހަކަ ދައްކަނީ، އެ ޖަވާބުދާރީވެވޭ ދައުވާތަކުގެ ޙަޤީޤަތާއި އެދައުވާތަކުގެ ސައްހަ ކަމުގެ މައްޗަށް ނުބަލައެވެ.
ފަހެ އިއްފަތްތެރިކަމުގެ މައްޗަށް ޣައިރަތްތެރި ވުމުގެ ވާހަކައަކީ — މިޘާލަކަށް (އުޅަނދު) ދުއްވާ މީހާ އާއި އެކަހެރި ކޮށް ހުރުމުގެ ކަންތަކުގައި — އޭގެ ޒާތުގައި ވަކި ޙައްޤެކެވެ. އެހެނީ ޚުލްވަތަކީ ޙަރާމް ވެގެންވާ ކަމެކެވެ. (އެބަހީ: ހިލޭ ޢަންހެނަކާއި ފިރިހެނަކު އެކަހެރިކޮށް ތިބުމެވެ.) އެހެނަސް ދިގު ދިގު މަގަކަށް ގޮތް ނިންމުމަށް ދޮރެއްގެ ލޯވަޅަކުން ބަލާހެން އެކަމުގައި އަހަރެމެން ކަޅިއަޅައި ގޮތްނިންމައިގެން ނުވާނެއެވެ.
އެހެނީ އަންހެންވެރިން އެތެރޭންލާ ހެދުން ގަތުމަށް —މަހުރަމުން މެދުވެރިކުރުން ދޫކުރުމަށްޓަކައި— އަންހެނުން ކައުންޓަރުގައި ތިބުމަށް ގޮވާލާ ދިގު އަތަކީ، ހަމަ އެބީދާއިން އަންހެނުންނާއި ދަރިމައިވުމުގެ ޚާއްޞަ ޑޮކްޓަރުން ގޮތުގައާއި ކޮސްމެޓިކް ޑޮކްޓަރީކަމުގައި ހަމައެކަނި އަންހެނުން ތިބުމަށް ގޮވާލާ ގޮވުމަށް މަގުހުރަހެއް ފަދައިން ދެކޮޅުހަދާން އޮންނަ އަތެވެ. އެހެންކަމުން އަންހެނާ އޭނާގެ މުޅި ހަށިގަނޑު ފިރިހެނުންގެ ކުލިނިކުގެ އެނދެއްމަތީ ކަޝްފުކުރާންވީއެވެ. ސަރުކާރުގެ ހުއްދައެއް ޖަހާލުމުންނެވެ. އެހެންއެކަން އޮތްއިރު ޣައިރަތް ތެރިކަން (މިވެރިންގެ) މިފާޅުވަނީ ހެދުންކޮޅުތަކެއްގެ ކަންތަކުގައެވެ. އަދި އެއަށްޓަކައި ބޮޑެތި މީޑިއާ ކެމްޕޭނުތައް އުފަންކުރެވި ކާޓޫނުތައް ކުރެހުނެވެ.
އަދި ސަޢުދީ ޓީވީތަކުން މޫނުމަތި ހާމަ، ބޯމަތި ފާޅު މޭމަތީން ބަޔެއް ހާސާ އަންހެން ކުދިން ގެނެސް ދިނެވެ. އެއީ ފިރިހެން ސޭޓުން ކައިރިން ހެދުން ގަތުމަށް އެވެރިން ގަންނަ ލަދުގެ ވާހަކައެވެ. އެހެނަސް ހާހުން ފިރިހެނުންނަށް އޭނާގެ ހުޅުވިފައިވާ ހަށިގަނޑު ފެނުން ޖާއިޒެވެ. އަދި ލަދުޙަޔާތެއް ވެސް ނެތެވެ. އެހެނަސް އޭނާގެ ހެދުންތައް ކައުންޓަރުމަތީން ފެނުން، ފަހެ އެކަން މަނާކުރާން ކޮންމެހެން ޖެހެއެވެ. ހަމަކަށަވަރުން މިކަމަކީ ހީކަތްތެރިކަމާއިއެކު އެހެން އެތައް ދޮރެއް ހުޅުވުމަށް ކުރެވޭ ކަމެކެވެ. ފޮތިކޮޅެއް ފެނުމުގެ މައްސަލައިގެ ކުރިޔަށް ހަށިގަނޑު ފެނުމުގެ ޙަރާމް ކަމާއިމެދު މިވެރިންނާއި ވާހަކަދެއް ކުން ވާޖިބެވެ.
ލިޔުންތެރިންގެ ތެރެއިގަ ގިނަ މީހުން ކޮށާމަށައިގެން ކުލަޖައްސައި ސިފަކޮށްދޭ ޝަރުޢީ ތަސްވީރުތަކުގެ ދަޢުވާތައް، އޭގެ ހަމަ ވަޒަނާއި ތަޙްޤީޤުގެ މައްޗަށް އަހަރެމެން އަޅުވަންޖެހެއެވެ. އަދި ކަންކަމާއި ބަސްތަކުގެ މައްޗަށް ޙުކުމް ކުރުމުގައި އޭގެ ޙަޤީޤީ ޙާލަތުން ވަކިކުރެވުމާއި، އެއާއި އެއްފަަދަވާ ތަކެއްޗާއި އޭގެން ފޯދޭ ތަކެތި ވަކިކޮށްގަތުން ލާޒިމެވެ.
— އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އައްޠަރީފީ (މިޚުލާސާގެ މަޞްދަރު)
~ ގަލަންދާނު
Comments (0)
Be the first to comment.