އައްޠަރީފީ ގެ صفة صلاة النبى ﷺ ގެ ތަރުޖަމާ (ފެށުން)
This article is available in Dhivehi only.
🌿 އައްޠަރީފީ ގެ صفة صلاة النبى ﷺ ގެ ތަރުޖަމާ (ފެށުން)
(މުއައްލިފުގެ ފެށުން)
މުޤައްދިމާ
ﷲ ގެ އެހީ އާއި ނިޢުމަތަށް އަހަރެމެން އެއިލާހަށް ޙަމްދުކުރަމެވެ. އެންމެހާ ޙަމްދެއްވަނީ އެއިލާހަށެވެ. ފެށުމާއި ނިމުމުގައެވެ. އަދި އެއިލާހުގެ ނަބިއްޔު އަށް ފުރިހަމަ ޞަލަވާތާއި އޭގެ ހެވެއްވެއެވެ. އަދި އެކަލޭގެފާނުގެ އާލުންނާއި އަޞްހާބުންނާއި އެބޭކަލުންނަށް ހެޔޮގޮތުގައި ތަބަޢުވެލެއްވި އެންމެންނަށެވެ. އަދި އެއެންމެ ކަތުންނަށް ގިނަގުނަ ސަލާމް ލައްވާށިއެވެ.
އެއަށް ފަހު ބުނެމެވެ.
ހަމަކަށަވަރުން އިންސާނާގެ އެތެރެފުށާއި ބޭރުއެއްވެ، ﷲއަށް ކުއްތަންވެވޭ އަޅުކަމުގެ އެންމެ މަތަވެރި މަޤާމަކީ ، އަދި ﷲއަށް އަޅުކަމުގައި ކުއްތަންވުމާއި އެކު ގުނަވަންތަކެއް އެކަމެއްގައި އެއްވާ އަޅުކަމެއް — ނަމާދު އަދާކުރުމުގައި މެނުވީ — ނުވެއެވެ. އެހެންކަމުން މި އަކީ ބޭރުފުށަށް ފާޅުވަނިވި އިސްލާމް ކަމުގެ އެންމެ ބޮޑު ޝިޢާރު ކަމުގައި ވިއެވެ. އަދި މިއީ އެއަކުން ޝަރީއަތުގައި މުއުމިނު މީހަކާއި އެނޫން މީހެއް ދެނެގަނެވޭ ފަރަޤު ކަމާއި ދެބައިވުންކަމަށް ލެވުނެވެ. އަދި ބައިގަނޑުތަކުގެ މައްޗަށް (ހުކުމްކަނޑައެޅޭ) ފާޅުވަނިވި އަލާމަތް ކަމުގައެވެސް އެވެ. އެހެންކަމުން އެނޫން މީހުންގެ މައްޗަށް މުސްލިމު މީހާއަށް (أَهْلُ الْقِبْلَة) –ޤިބުލައި އަހުލުން – މިނަން ހާއްޞަ ކުރެވުނެވެ. އެއީ ނަމާދު އަދައު ކުރުމަށް އެވެރިން އަލްކައުބާ އަށް ކުރިމަތިލާތީއެވެ. އެހެނީ މުސްލިމު މީހާ ނަމާދުގެ އެއްވެސް ޝަރުޢު އަކުން ކެނޑި ނުދެއެވެ. ނޫނީ ސަޖިދަ އާއި ރުކޫޢު އަދި މިނޫން ވިޔަސް މިފަދަ ނަމާދުގެ ބައިތަކުން ބަޔަކުންވެސް އޭނާ ވަކިނުވެއެވެ.
ނަމާދުގެ މަތިވެރި ކަމަށްޓަކައި ، އައުލިޔާއިންގެ ނަބިއްޔު ﷺ އައުލާދުންނަށް (ދަރިންނަށް) ހެޔޮނުބައި ވަކިވާ އުމުރު ފެށުމާއި އެކު އެކަމަށް އަމުރު ކުރުމަށް އެންގެވިއެވެ. އަދި ދިހަ އަހަރަށް އެޅުމުން އަނިޔާނުވަނިވި އެތިފަހަރަކުން އެޔަށްޓަކައި ޖެހުމަށްވެސް އެންގެވުނެވެ. އަދި މިއީ އިސްލާމީ ޝަރުޢު ތަކުގެ ތެރެއިން ނަމާދު ގައި މެނުވީ ނުވާކަމެކެވެ.
އަދި ބޭރުފުށައް ފާޅުވަނިވި އަމަލުތަކުގެ ތެރެއިން ، ކުޑައިންނާއި ބޮޑެތިންނަށް ވެސް އުނގެނުން އެންމެ ވާޖިބު ވެގެންވާ ޢަމަލަކީ ނަމާދެވެ. އެއީ އެންމެހައި ކުއްތަން ވުމުގެ ޢަމަލެއްގެ ފެށުމެވެ. އަދި ކިއެއްހެއްޔެވެ؟ އެޝަރުޢު ކުރެއްވުމަށްޓަކައި ﷲ އެއިލާހުގެ ރަސޫލު އެއިލާހުގެ ހަޟުރަތަށް އުޑަށް އުފުއްލެވިއެވެ. އަދި ފަސްވަގުތުގެ ނަމާދު އިމާމުވެވުމަށް ޖިބްރީލް އެކަލޭގެފާނުގެ ގާތަށް ފޮނުއްވެވިއެވެ. އެހެންކަމުން އޭގެ ވަޤުތު ތަކާއި ޞިފަތައް އެކަލޭގެފާނަށް އުނގަންނަވައި ދެއްވިއެވެ. ދެން އެކަލޭގެފާނުގެ އުންމަތަށް ހަދީޘް ކުރެއްވިއެވެ. «صَلُّوا كَمَا رَأَيْتُمُونِي أُصَلِّي» ”ތިމަންކަލޭގެފާނު ނަމާދު ކުރައްވާތަން ތިޔަބައި މީހުންނަށް ފެނުނު ފަދައިން ތިޔަބައިމީހުން ނަމާދު ކުރާށެވެ.“ އަދި މިއީ ހޯދޭނޭ އެންމެ މަތިވެރި ސަނަދެވެ. އަދި އެއެއްގައި ހިފޭނޭ އެންމެ އިތުބާރު ވެގެންވާ އުޅައްގަނޑެވެ.
އަދި އިތުރުއެކަލޭގެފާނު ﷺ ޤާއިމުވެއްލައްވައި އަދި ދަތުރުވަރުގައި ވޭމެ، އަޞްހާބު ބޭކަލުންނާއި އެކު އެބޭކަލުންނަށް ފެނި އަދި އަޑުއިވިވަޑައިގަންނަވާނޭ ގޮތުގައި ގާތް ގަނޑަކަށް ވިހި ހާސް ނަމާދު އިމާމުވެ ކުރެއްވިއެވެ. އެއީ އެނޫން އެންމެހާ ކަމެއްގެ މައްޗަށް ސާފުވެގެންވާ ހުއްޖަތަކަށް އެވުމާއި ހަމައަށެވެ. އަދި އެނޫން ކަންކަމަށް ވުރެ، އެކަމުގައި ބިދުޢަތައްވުން ހަނިވުމާއި ހަމައަށެވެ. އަދި ނަބިއްޔު ﷺ ގެ އަޞްހާބުންކުރެ ބޭކަލެއް އަރިހުން ނަމާދުގެ ޢަމަލުތަކުގެ ތެރެއިން ޢަމަލެއް، އެއީ އެހެންޏާ އެއަށްތަބާވާން ޖެހޭ ކަމެއް ގޮތުގައި ނޫނީ ތަނަވަސްވުމެއް ކަމުގައި ނުވޭމެ ފާޅެއްނުވެއެވެ. ( އެބަހީ އެއީ އެހެންޏާ ސުންނަތެކެވެ. ނޫނީ ހުއްދަކަމެކެވެ.) އަދި އަޞްހާބު ބޭކަލުން (رَضِيَ اللَّهُ عَنْهُمْ) ގެ އެކަމުގެ ފަހުމަކީ ނަބިއްޔު ﷺ ގެ ފަހުމުގެ ބާބެއްގެ ގޮތުގައި ވެއެވެ. ވަކިން ޚާއްޞަކޮށް އެކަލޭގެފާނާއި ގާތް އަދި ގިނަދުވަސް ވީ ޞަހާބީންނަށެވެ.
— އައްޠަރީފީގެ މުޤައްދިމާ މިހިސާބަށް.
އަހަރެމެން ބުނަމެވެ: މިފޮތަކީ އަހަރެންގެ އަޚް، ޢަބްދުއްރަހީމް އަލްމަދަނީ (ޅޮހީ ޝައިޚު)، އާއި ހަވާލުކުރުމަށް މަދީނާއިން ލިބުނު ފޮތެކެވެ. އެއީ އައްތަރިފީގެ (صفة صلاة النى ﷺ وما يلعقها من أذكار ورواتب) އޭ ކިޔުނުފޮތެވެ. އޭގެ ހަތްވަނަ ޗާޕެވެ. މިފޮތް އަހަރެންގެ އަތުގައި އަމާނާތެއްގެ ގޮތުގައި އޮވެ ، ﷲ އަހަރެންގެ މައްޗަށް އިރާދަކުރެއްވި އެއްޗެއް އިރާދަވެ، މި ފޮތާއި އެކު އެކަހެރިވެ ވަޤުތެއްވުމުން ކިޔާލައި ، މީގައި ވާ މުހިންމު ބައިތައް ތަރުޖަމާކުރުމަށް ގަސްތުކުރީމެވެ. ދުޢާ އަކީ މިއަމަލުގައި އިޚްލާސްލައްވައި ބަރަކާއް ލެއްވެވުމެވެ. ތައުފީޤު ދެއްވަނީ ﷲ އެވެ. (ޑިސެމްބަރު 2019).
~ ގަލަންދާނު
Comments (0)
Be the first to comment.