ވީމާ، އިބްނި ޙިއްބާން ގެ މުރާދު އެފަދައިން ވާނަމަ، ހަމަކަށަވަރުން އެއީ (އެފަދަ އަދަދެއް ވުމީ) ވުން ވަރަށް ގާތް ކަމެކެވެ. އެއީ އެނޫން…
This article is available in Dhivehi only.
ވީމާ، އިބްނި ޙިއްބާން ގެ މުރާދު އެފަދައިން ވާނަމަ، ހަމަކަށަވަރުން އެއީ (އެފަދަ އަދަދެއް ވުމީ) ވުން ވަރަށް ގާތް ކަމެކެވެ. އެއީ އެނޫން ގޮތެއްގައި ނަމަ، އެކަމުގައި ދެބަސްވުމެއް އެކުލެވެއެވެ. އަދި މިސަބަބަށްޓަކައި، އިބްނުލް ޤައްޔިމް رحمه ﷲ އެކަލޭގެފާނުގެ ފޮތް "މަދާރިޖިއް ސާލިކީން" ގައި ވިދާޅުވިއެވެ: ”އަދި (އެފަދަ މީހާ) ރަސޫލު ﷲ ﷺ ސުންނަތް ކުރައްވައި ޢަމަލު ކުރެއްވި ނަމާދުގެ އަދަބުތައް ފުރިހަމަ ނުކުރެތެވެ. އެއީ ސަތޭކަ އަދަބާއި ގާތްކުރާ އެއްޗެކެވެ. އޭގެ ވާޖިބުތަކާއި މުސްތަޙައްބުތަކާއި ދެމެދުވާ ތަކެތީގައެވެ.“
ޢަބްދުލް ޙައްޔިލް ކިތާނިއްޔު އެކަލޭގެފާނު ގެ ފޮތް "ފިހްރިސިލް ފަހާރިސް" ގައި ޛިކުރު ކުރެއްވިއެވެ: އެއީ މުޙައްމަދު ޙަޔާތު، އައްސިންދީ އަދި ޝައިޙިއް ޒަބީދިއްޔި އަދި ޢަޠިއްޔަތަލް އުޖްހޫރިއް ޝާފިޢިއްޔި ގެ ދަރިވަރުން ކުރެ: ޢަބްދުއް ރަޙްމާނިލް ޢަބްދަރޫސިލް މިޞްރީ ގެ ތަރުޖަމާ (ބަޔޮގްރަފީ) ގައެވެ. މިކަލޭގެފާނުން މިޞްރުގެ އަޒުހަރުގެ ޢިލްމިވެރިން ގާތަށް ވަޑައިގެންނެވި އިރު، އެބޭކަލުން ތިއްބެވީ އިމާމުވެ ނަމާދު ކުރުމަށް ބޭކަލެއް ޢައްޔަނު ކުރުމުގެ ކަންތަކު ގައެވެ. ވީމާ އެކަލޭގެފާނު އަރިހުން މަޝްވަރާ އެއްސެވިއެވެ. އެހިނދު ވިދާޅުވިއެވެ: ”އެންމެ ނަމާދެއްގައި ފައްސަތޭކަ ސުންނަތް ގެނެސް ގަތުމަށް ތައްޔާރު މީހެއް މެނުވީ ތިޔަކަމަކަށް އެކަށީގެން ނުވެއެވެ.“
އެހެންކަމުން އެބޭކަލުން އެކަމާއި ޢަޖާއިބުވެލައްވައި، އެތަކެތި އަދަދު ކޮށްދެއްވުމަށް އެދުނޫއެވެ. ދެން އެވެރިންނަށް އެކަލޭގެފާނު އެޢަދަދުކޮށްދެއްވައިފިއެވެ.
ޢަބްދުލް ޙައްޔިލް ކިތާނިއްޔު ވިދާޅުވިއެވެ: ”މިވާހަކަަ އަޑު އިވުނިއްސުރެ އަހަރެން މިކަމާއި ހައިރާންވެ އެކަންތަކުގެ ބޮޑުކަން ދެކިއްޖައީމެވެ. އެއީ އިބްނު ޙިއްބާން ގެ މިބަސްކޮޅު އަތުޖެހުމާއި ހަމައަށެވެ. ދެން އިތުރުއެކަލޭގެފާނުން ﷺ ނަމާދުގައި ހުންނަވާ ޙާލަތްތަކާއި ޙަރަކާތްތަކަށް އަހަރެން ބަލައިހޯދާ ގާތްގަނޑަކަށް އެއަދަދު ކުރެވުނު ވަރަށް ނޫނީ އެއަށްވުރެ އިތުރަށް އެއްކުރެވުނެވެ. އަދި އަވަސް ކުރުން ދޫކޮށްލައިފި މީހަކަށް، ސީދާ ވުމާއި ފައިދާއާއި މޮޅުއިތުރުކަން ވެއެވެ.“
މިއީ އިބްނު ޙިއްބާން ގެންނެވި އަދަދާއި ގާތްވެގެންވާ އަދަދެކެވެ. އަދި އޭގެ ތަޚްރީޖު ވަނީ އިސްވެ ބަޔާންވި ގޮތުގެ މައްޗަށެވެ.
(ނުނިމޭ)
~ ގަލަންދާނު
Comments (0)
Be the first to comment.