Writings
ފާފަ ފުއްސެވުމުގެ ވަސީލަތް ތަކުގެ ތެރޭގައި: ތަޥްބާ ވެއެވެ. އެއީ އޭނާ އަރައިގަތް ފާފަ ނޫނީ ދޫކުޅަ ވާޖިބާއިމެދު، ފުއްސެވުން އެދި ﷲ އަށް…
By Galandān Admin22 February 2024 at 06:400 Comments
This article is available in Dhivehi only.
❞ ފާފަ ފުއްސެވުމުގެ ވަސީލަތް ތަކުގެ ތެރޭގައި: ތަޥްބާ ވެއެވެ. އެއީ އޭނާ އަރައިގަތް ފާފަ ނޫނީ ދޫކުޅަ ވާޖިބާއިމެދު، ފުއްސެވުން އެދި ﷲ އަށް އެނބުރިގަނެ (އިނާބާވެ) އެއިލާހަށް ރުޖޫޢަވުމެވެ.
އެއަށް ތިން ޝަރުޠެއް ވެއެވެ:
• ދެރަވުމާއި
• އެފާފައިން ވީއްލިގަތުމާއި
• އެއަށް އަނބުރައި ނުދިޔުމަށް ޢަޒުމު ކުޅައުމެވެ.
އަދި އެކަމަކީ މަޚްލޫޤެއްގެ ޙައްގު އޭގައި އެކުލެވޭ ކަމެއް ނަމަ، އެޙައްޤެއް އަނބުރައި ދިނުމެވެ. ނުވަތަ އެނާފުށުން ހިތްހަލާލު ހޯދުމެވެ. ❝
— ޝެއިޚް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާނު
Comments (0)
Be the first to comment.