ދީން ފޯރުކޮށްދިނުމަކީ ވާޖިބުތަކުގެ ތެރެއިން އެންމެ ބޮޑު އެއްވާޖިބެވެ. އަދި މުހިއްމުތަކުގެ ތެރެއިން އެންމެ މުހިއްމު އެއްކަމެވެ
This article is available in Dhivehi only.

📝 ❞ ދީން ފޯރުކޮށްދިނުމަކީ ވާޖިބުތަކުގެ ތެރެއިން އެންމެ ބޮޑު އެއްވާޖިބެވެ. އަދި މުހިއްމުތަކުގެ ތެރެއިން އެންމެ މުހިއްމު އެއްކަމެވެ.
(ހެޔޮކަންތަކުން) މަޙުރޫމުވެފައިވާ މީހެއް މެނުވީ އެއިން އެއްކިބާވެ ނުހުރެއެވެ. އެކަން އަދައު ކުރުމީ ވާޖިބެކެވެ. ކޮންމެ މީހެއްވެސް އެމީހަކަށް އެނގޭ މިންވަރަކުންނެވެ. އޭނާއަށް އެނގެނީ ފަޟާއިލާއި ސުންނަތް ތަކާއި އަދަބުއަޚުލާޤުތައް އެކަނި ކަމުގައި ވިޔަސް އެވެ.⁽¹⁾ ކޮންމެ މީހަކީވެސް އެމީހަކަށް ވުރެ ޢިލްމުގައި ދަށް މީހެއްގެ މައްޗަށް ފަޟުލުވެރިކަމެއް ލިބިފައިވާ މީހެކެވެ. ވީމާ (މިޢިލްމު) ފޯރުކޮށްދިނުމުގެ ބާބު ގެ ސުންނަތް ކުޑަ އެއްޗެއް ކަމުގައި ނުހަދާށެވެ.
ފަހެ ކޮންމެ ޢިލްމެއް ގައިވެސް (އޭގެން ނެރުން ޙައްޤު) ޒަކާތެއް ވެއެވެ. އަދި ޢިލްމު ފޯރުކޮށްދިނުމުގައި (މިޒަކާތް ވާޖިބުވެގެންދާ) ވަކި ނިޞާބެއް ނުވެއެވެ. (އެބަހީ: ކިތަންމެ ކުޑަ އެއްޗެއް ލިބިފައިވިޔަސް އެ ފޯރުކޮށްދިނުމުގެ ޙައްޤުވެއެވެ.) އަދި ދީނުގެ ހައިބަތާއި އެޢިލްމެއް ގުޅޭވަރަކުން އޭގެ ޒަކާތުގެ ވާޖިބުކަންވެސް ބޮޑުވެއެވެ. މިޘާލަކަށް އިސްލާމް ކަމުގެ ރުކުންތަކާއި ގުޅުން ހުރި ޢިލްމެވެ. އޭގެ ތެރެއިން އެކައްޗަކީ ނަމާދެވެ. ވީމާ އެޔާއި ގުޅިފައިވާ ކަންކަމުގެ ތެރެއިންވަނީ ނަމާދުގެ ޝަރުޠު ތަކެވެ. އަދި މިފޮތުގައި އަހަރެމެން ގެނެސްދީފައި މިވަނީ ނަބިއްޔު ﷺ ގެ ވުޟޫއުގެ ޞިފަ އެވެ. އަދި މިކަން ގުޅިފައިވަނީ އިސްލާމް ދީނުގެ ރުކުންތަކުގެ ތެރެއިން ޢަމަލީގޮތުން އެންމެ ހައިބަތުބޮޑު ރުކުނާއި އެވެ. (އެބަހީ، ނަމާދާއިއެވެ.) ❝
— ޢަބްދުލް ޢަޒީޒް އައްޠަރީފީ (صفة وضوء النبي ﷺ ޞ. 168)
~ ގަލަންދާނު
-------------------------------
[1] ފަޟާއިލު ތަކީ؛ ލާބަޔާއި ޘަވާބު ހުރި މާތް ޢަމަލުތަކެވެ. އަދި ސުންނަތޭ މިތާނގައި މިވަނީ ފިޤުހީ މާނައިގައިވާ ސުންނަތެވެ. ވާޖިބަކަށް ނުވާ ކުރުމުން ޘާވާބު ލިބޭ ކަންކަމެވެ. އަދި މުރާދަކީ ، އިސްލާމީ މުޖުތަމަޢުއެއްގެ ދޭދޭ ފަރުދުންގެ މެދުގައި އެނގޭ އެންމެ އަސާސީ ޢިލްމުތަައް އެކަނި އެނގޭ މީހެއް ކަމުގައި ވިޔަސް، އެޔެއް އަނެކުންނަށް ފޯރުކޮށްދިނުމެވެ.
Comments (0)
Be the first to comment.