ފައިދާއެއް — ޢަބްދުލް ޢަޒީޒް އަލްޚުޟައިރު ވިދާޅުވިއެވެ
This article is available in Dhivehi only.
ފައިދާއެއް
ޢަބްދުލް ޢަޒީޒް އަލްޚުޟައިރު ވިދާޅުވިއެވެ:
"ބައެއް މީހުން ފަޤީރުންނާއި މިސްކީނުން ތެރޭ ގާތްތިމާގެ މީހުން އިހުމާލުކޮށްލައެވެ. (އެހެނަސް އެވެރިންނަށް އަޅާލުން) މިއީ ތިލަފަތްބަރުވުމުގެ ސަބަބެއް އަދި ﷲ ﷻ ޙަޟުރަތިގައި މަތިވެރިވެގެންވާކަމެވެ.
ވަކިންޚާއްޞަކޮށް އެންމެ ތިމާގެކަން ގާތް މީހުނަށެވެ. އެއީ ދެޞަޙީޙު ގައި ނަބިއްޔާ ﷺ އަރިހުން ވާރިދުވެފައިވާ ފަދައިންނެވެ. ޙަދީޘް ކުރެއްވިއެވެ: < لَهُ أَجْراَن أجر القَرَابة وَالصَّدقَةِ > "...އޭނާއަށް ދެ އަޖުރުވެއެވެ: ގާތްތިމާގެ ކަމުގެ (އެބަހީ: އެދެމެހެއްޓުމުގެ) އަޖުރާއި، ޞަދަޤާތް (ޒަކާތް) ދިނުމުގެ އަޖުރެވެ."
الله عزّوجَل އެއުރެންނާއިމެދު (މިސްކީނު ފަޤީރުންނާއި މެދު) ވަޙީ ކުރެއްވިއެވެ:
{ يَحْسَبُهُمُ ٱلْجَاهِلُ أَغْنِيَآءَ مِنَ ٱلتَّعَفُّفِ تَعْرِفُهُم بِسِيمَٰهُمْ لَا يَسْـَٔلُونَ ٱلنَّاسَ إِلْحَافًاۗ } (2:273)
"...އެއުރެންގެ خبر ނުދަންނަ މީހާ ހީކުރަނީ، އެއްޗިއްސަށް ނޭދުމުގެ ސަބަބުން، އެއީ، މުއްސަނދިން ކަމަށެވެ. އެއުރެންގެ علامة ތަކުން، ތިބާޔަށް އެއުރެން އެނގޭނެތެވެ. އެއުރެން އެއްޗިއްސަށްއެދި، މީހުންނަށް އާދޭސްކޮށެއް ނޫޅޭނެތެވެ..."
އަދި އަބޫ ޠަލްޙާ ނަބިއްޔާ ﷺ ގާތަށް ވަޑައިގެންނެވިއިރު ވީ، މާލީގޮތުން މަދީނާގައި އެންމެ މުއްސަނދި އަދި އަރާމު މުދަލަށް ލޯބިކުރައްވާ ބޭފުޅެއްކަމުގައެވެ. އެހެންކަމުން ނަބިއްޔާ ﷺ އަރިހުން އެހޭދަކުރާނޭ ގޮތަކާއިމެދު މަޝްވަރާ ހޯއްދެވުމުން ޙަދީޘްކުރެއްވިއެވެ: "ސަހަރޯއެވެ. ކޮންފަދަ އަގުހުރި މުދަލެއްހެއްޔެވެ!... ގާތްތިމާގެ މީހުންގެ މެދުގައި އެބަހާލާށެވެ.." (އަލްބުޚާރީ، މުސްލިމް)
އޭގެތެރެއިން، އޭގެ ޙާޖަތަށް ޖެހިފައިވާ މީހުންގިނައެވެ. އަދި އަންހެނުންނާއި ކުޑަކުދިން، އަދި ކޮބާ، ހުވަފަތް ވެފައިވާ މީހުންނާއި ޔަތީމުންނާއި ވަރިވެ ނުއިދެވިތިބި އަންހެނުންވެސް ވެއެވެ. އަހަރެމެން ކޮންމެ ފަރުދެއްވެސް އެމީހެއްގެ ގާތް ތިމާގެ މީހުންގެ ތެރެ ރަނގަޅަށް ބަލާނޭނަމައެވެ.
ވީމާ އެބަޔަކަށް އަހަރެމެންގެ ޙައްޤެއްވާ، ހާލުގައި ދިރުއުޅޭ އާއިލާ ތަކާމެދު އަޅާލުން ކޮބާހެއްޔެވެ؟ ވަކިން ޚާއްޞަކޮށް އެތަކެއް ނައްޞެއް، (ބަލައިހޯދުމާއިމެދު) އައިސްފައިވާހިނދެވެ. އަދި ފަޤީރުންނާއި މިސްކީނުން ކަނޑައަޅައިދީ ކިޔައިދެއްވުމަށް އަޞްޙާބުން الله ގެ ރަސޫލާ ﷺ ސުވާލުކުރައްވައި އުޅުއްވިއެވެ."
~ ގަލަންދާނު
Comments (0)
Be the first to comment.