މުއައްލިފު - عفا الله عنه - ގެ ޝުޢޫރެއް — އަލްއުސްތާޒް ކަމާލުއް ސަނާނީރީ ފަދަ ހިތްވަރުގަދަ ޙަޔާތެއް އަހަރެންގެ ތާރީޚަކުނެތަސް، އެބޭފުޅާގެ…
This article is available in Dhivehi only.
🔖 މުއައްލިފު - عفا الله عنه - ގެ ޝުޢޫރެއް:
"އަލްއުސްތާޒް ކަމާލުއް ސަނާނީރީ ފަދަ ހިތްވަރުގަދަ ޙަޔާތެއް އަހަރެންގެ ތާރީޚަކުނެތަސް، އެބޭފުޅާގެ ޙަޔާތް ކިޔާލުމީ އަހަރެންގެ ޒަވާޖީ ޙަޔާތް އަޑުއެހުންފަދައެވެ.
އެކުގައި ހޭދަކުރި ދުވަސް ތަކަށްވުރެ ވަކިން ހޭދަކުރެވުނު ދުވަސްތައް ގިނައެވެ. أمينة قطب އަށް ﷲ ދެއްވިފަަދަ ކެތްތެރިކަމެއް ތިބާއަށް ދެއްވާށިއެވެ. އޭ ހިތުގެ ފިނިކަމާއެވެ!
މިހަނދުމަތަކާއި އެކު، އަމީނާ ޤުޠުބް އެކަމަނާގެ ފިރިކަލުންގެ ހަނދާނުގައި ލިޔުއްވި ޅެމާއި އެދެވެރިންގެ ޙަޔާތުގެ ކުރު ޚުލާޞާއެއް އަހަރެންގެ ވަޞިއްޔަތުގެ ތެރެއަށް ލައި ހަދިޔާ ކުރީމެވެ. އަދި އޭގެ ހަފްތާއެެއް ފަހުން އަނިޔަލުގެ ކަސްތޮޅުތަކަށް އެނބުރި ރުޖޫޢަވިއެވެ.
އެހެންކަމުން، އަހަރެމެން ދެން ބައްދަލުވާނޭ ކަމަށް ތިބާ ދެކެމުހެއްޔެވެ؟... ނުވަތަ އަވާމެންދުރުގެ މިބިމުގައި ވާނޭ ބައްދަލުވުމެއް މިނިމުނީހެއްޔެވެ؟..."
~ ގަލަންދާނު
Comments (0)
Be the first to comment.