1954 ގައި މިޞްރުގެ އަނިޔާވެރި ޠާޣޫތު ޖަމާލް ޢަބްދުއް ނާޞިރު، ދީނީ ދަޢުވަތުގެ އުސްތާޛު، ކަމާލް އައްސަނާނީރީ ހައްޔަރުކުރިއެވެ. ތުހުމަތަކީ "ﷲ…
This article is available in Dhivehi only.
📌📌
1954 ގައި މިޞްރުގެ އަނިޔާވެރި ޠާޣޫތު ޖަމާލް ޢަބްދުއް ނާޞިރު، ދީނީ ދަޢުވަތުގެ އުސްތާޛު، ކަމާލް އައްސަނާނީރީ ހައްޔަރުކުރިއެވެ. ތުހުމަތަކީ "ﷲ އަށްޓަކައި މަސައްކަތްކުރުމެވެ." އަދި ދަންޖެއްސުމަށް ޙުކުމް ކުރިއެވެ. ދެން އެ ލުއިކޮށް 25 އަހަރުގެ ޖަލު ހުކުމަކަށް ބަދަލުކުރިއެވެ!!
އަދި އަނިޔާގެ ސަބަބުން ހަށިގަނޑު އަނަރޫފަވެވަޑައިގަތެވެ. އެހެނަސް ރޫޙު އީމާންކަމުގައި ވަރުގަދަވިއެވެ. އަދި ހައްޔަރު ކުރެވުނުތާ 5 އަހަރު ތެރޭ ހޮސްޕިޓަލުގައި އެޑުމިޓުކުރެވުނެވެ.
އެތަނުގައި ސައްޔިދު ޤުޠުބު އާއި ބައްދަލުވެވަޑައިގަތެވެ!
އަދި އެބޭފުޅާ ބޮޑަށް އެގިދެނެވުމަށްފަހު، އެބޭފުޅާގެ އުޚްތު، އަމީނާ ޤުޠުބު އާއި ކައިވެނި ބައްލަވައިގަތުމަށް ޢެދި ދެންނެވިއެވެ. އެކަމަނާ ހޮސްޕިޓަލުގައި ޒިޔާރަތް ކުރެއްވުމުގެ ތެރޭ އެވާހަކަދެންނެވުމުން، އުމުރަށްޖަލަށް ލެވިފައިވާ ބޭކަލަކާއި ކައިވެނި ކުރުމަށް މި ޒުވާން، ޝާޢިރާ އަދި އަދީބާ އާނ ބަސް ދަންނަވައި ހައިރާން ކުރުވިއެވެ.
އަދި ކައިވެނީގެ ޢަޤުދުކުރެވުނެވެ.
އެކަމަނާ ޖަލަށް ކުރައްވާ ޒިޔާރަތްތަކުން މިބޭކަލުންގެ ގުޅުން އިތުރަށް ބަދަހިވިއެވެ. އޭރު ޒިޔާރަތް ކުރައްވަނީ އެކަމަނާގެ ދެ އަޚުން، މުޙައްމަދު (އައްޝެއިޚް މުޙައްމަދު ޤުޠުބު) އަދި ސައްޔިދު ޤުތުބުގެ ގާތަށެވެ. މިއާއި އެކު އެކަމަނާގެ ފިރިކަލުންނަށް ކުރައްވާ ޒިޔާރަތް އިތުރުވިއެވެ. އަދި އެކަމަނާއަކީ އެ ފަހުލަވާނު ފިރިކަލުންގެ ސަޕޯޓަރެކެވެ.
Comments (0)
Be the first to comment.