ޚުލްޢު ކުރުމުގައި ޤާޟީއެއް ހުރުން
This article is available in Dhivehi only.
②
ޚުލްޢު ކުރުމުގައި ޤާޟީއެއް ހުރުން
ޚުލްޢު ކުރުމަށް ޤާޟީއެއް ހުރުން ލާޒިމުތޯ ނުވަތަ ނޫން ތޯ އާއި މެދު ފިޤުހު ޢިމުވެރިން އިޚްތިލާފުވެލެއްވިއެވެ.
އެހެންކަމުން އޭގެ ތެރެއިން އެއްބައެއް، ޤާޟީއަކާއި އެކު އަދި ޤާޟީއަކާއި ނުލައިވެސް ޚުލްޢު ޞައްޙަވާނޭކަމަށް ދެކިލައްވައެވެ. މިއީ ޖުމްހޫރު ޢިލްމިވެރިން ދެކިލައްވާގޮތެވެ. (3) އަނެއްބޭަފުޅުން ދެކިލައްވަނީ ޤާޟީއަކާއި ނުލައި ޞައްޙަ ނުވާނޭ ކަމަށެވެ.
އައްސަރްޚަސީ ވިދާޅުވިއެވެ: "ޚުލްޢު، ސުލްޠާނުގެ ކައިރިން، އަދި އެނޫން މީހުން ފުށުންވެސް ހުއްދައެވެ. އެހެނީ އެއީ އެހެން ޢަޤުދުތަކެކޭ އެއްފަދައިން ދެފަރާތުގެ މައްޗަށް އޮންނަ އެއްޗެއްކަމަށްވާތީއެވެ. "(4)
އަދި "އަލްޖަވާހިރު އަލްއިކްލީލް" ގައި ވެއެވެ: "އަދި ޙާކިމާ އާއި ނުލައި ޚުލްޢު ޖާއިޒުވެގެންވެއެވެ. އެހެންކަމުން ޤާޟީ ގެ ޙުކުމެއް ނެތުމުން އެ ޚުލްޢު އަކަށް ނުވެ ނުދާނެއެވެ." (5)
އަދި ޙާކިމް މީހާ ހާޒިރުވުން ލާޒިމުވާ ޢަޤުދުތަކާއި ލާޒިމުނުވާ ޢަޤުދުތަކުގެ ފަރަޤު ބަޔާން ކޮށް ދެއްވަމުން، އައްސުޔޫތީ، ވިދާޅުވިއެވެ: "...ދެންފަހެ (ޙާކިމާ ޙާޟިރުވުން) އޭގެ އަޞްލަކަށް ބޭނުން ނުވާ ކަންކަމުގައި، ވަރި އާއި ޚުލްޢު (ފަދަ)އެވެ." (6)
އިބްނު ޤުދާމާ ވިދާޅުވިއެވެ: "ޚުލްޣު ކުރުމުގައި ޙާކިމް ގާތަށް ދިއުމުގެ ހާޖަތެއްނެތެވެ. އަޙްމަދު އަރިހުން މިކަމަށް ރިވާވެފައިވެއެވެ. ވިދާޅުވިއެވެ: ސުލްޠާން އާއި ނުލައި ޚުލްޢު ކުރުން ޖާއިޒެވެ." (7)
Comments (0)
Be the first to comment.