މުޙައްމަދު ރަޝީދު ރިޟާ، އެހެންމީހުންގެ މަސައްކަތް ވަގަށް ނަގައި އަމިއްލަ ނަފުސަށް އެ ނިޞްބަތް ކުރާ މީހުން އެކަމުގެ ސަބަބުން އަރައިގަންނަ…
This article is available in Dhivehi only.
③
މުޙައްމަދު ރަޝީދު ރިޟާ، އެހެންމީހުންގެ މަސައްކަތް ވަގަށް ނަގައި އަމިއްލަ ނަފުސަށް އެ ނިޞްބަތް ކުރާ މީހުން އެކަމުގެ ސަބަބުން އަރައިގަންނަ ޖިނާއީ ކުށްތަކާއި އެތަކެއްް ފާފަ ޛިކުރު ކުރެއްވިއެވެ. އަދި މިވައްކަމަކީ މުދަލުގެ ވައްކަމަށް ވުރެން އޭގެ ނުބައިކަން ބޮޑު ވައްކަމެއް ކަމުގައި ކަނޑައެޅުއްވިއެވެ. އެހެންކަމުން ވިދާޅުވިއެވެ:
”ބަހެއް ލިޔެ އޭގެ ވެރި ފަރާތަށް އެ ނިސްބަތް ނުކުރާ ނޫސްމާޖައްލަ ތަކަށް އަހަރެމެންގެ ފާޑުކިޔުން ތަކުރާރު ވެފައި ވެއެވެ. އަދި މީގެ ތެރެއިން ބަޔެއް ފަރާތްތަކުން މިކަން ކުރަނީ ދަނެތިބެއެވެ. މި ވައްކަން މުދަލާއި ވިޔަފާރި ބިޑެއް ވަގަށް ނެގުމަށް ވުރެވެސް ނުބައެވެ. އެހެނީ މީހެއް އަތުން ދީނާރެއް ވަގަށް ނެގުމަކީ އެއް ފާފައެވެ. އަދި އެހެނަސް ބަހެއް ވަގަށް ނެގުމުގައި އެތަކެއް ފާފައެއް ޝާމިލުވެއެވެ:
އެކައްޗަކީ: މީހެއްގެ ޙައްޤަކަށް އަރައިގަތުމެވެ. އަދި އަމިއްލަ މީހާއަށް އެ ދޮގުހަދައިގެން ނިސްބަތް ކުރުމެވެ. މިއަށް ވައްކަމޭ މިކިޔެނީ މި މާނައިގައެވެ.
ދެވަނައީ: ޢިލްމުގައި ޚިޔާނާތް ތެރިވުމެވެ. އެއީ އަމާނާތެއް ގޮތުގައި މެނުވީ ދެމި ނުއޮންނަ އެއްޗެކެވެ. އެބަހީ ކޮންމެ ބަހަކާއި ރައުޔު އެއް އޭގެ ވެރިފަރާތަށް ނިސްބަތް ކުރުމެވެ.
ތިންވަނައީ: ދޮގު ހެދުމެވެ. މިކަން ވަރަށް ސާފެވެ.
ހަތަރުވަނައީ: ބާޠިލުގެ މަތީ މީހާ ފުފި ފަޚުރުވެރިވުމެވެ. އަދި ޞައްޙަ ޙަދީޘުން މިކަން ވާރިދުވެފައި ވެއެވެ: ( الْمُتَشَبِّعُ بِمَا لَمْ يُعْطَ كَلاَبِسِ ثَوْبَىْ زُورٍ ) ”އޭނާ އަށް ލިބިފައި ނުވާ އެއްޗެއް ލިބިފައިވާ ކަމަށް ދައްކުވާ މީހަކީ، ދޮގުވެރި ދެ ހެދުން އަޅައިގެން ހުރި މީހެއް ފަދައެވެ.“
ފަސްވަނާއީ: ޙީލަތެވެ. (އޮޅުވާލުމެވެ.) އެހެނީ މިއީ މިވެނި ފަރާތެއްގެ ބަހެއް ކަން ބަޔެއް މީހުންނަށް އެނގިއްޖެ ނަމަ އޭގައި ހިފައި ތަޤުލީދުކުރެއެވެ. (ތަބައުވެ އެވެ.) އެހެނީ ތަޤުލީދަކީ އިތުބާރުގެ މައްޗަށް ބިނާވާ އެއްޗެކެވެ. އެހެންކަމުން ބަހެއް އޭގެ އަސްލު ވެރިފަރާތް ނޫން ފަރާތަކަށް ނިސްބަތް ވެއްޖެނަމަ، އަސްލު ފަރާތް އެނގޭނަމަ އޭގައި ހިފާނޭ އެތައް ބަޔަކު ނުހިފައި ދޫކޮށްފާނެއެވެ. އަދި އޭނާގެ އިތުބާރު ބޭނުންކޮށްގެން ނުހަމަ ގޮތުގައި މަމްފާޢު ނެގުން ހިމެނެވެ. އެއީ ތިމާ މިއީ އޭނާ ކަމަށް ދައްކުވައި އޭނާއަށް އޮތް އިތުބާރެއް ތިމާ އަށް އޮޅުވާލައިގެން ހޯދުމެވެ.
ހަވަނައި: ތާރީޚުގެ މައްޗަށް ކުރެވޭ ޖިނާއީ ކުށެވެ. އެހެނީ އެއަކީ މީސްތަކުންގެ ހާރުފަތާއި އެބައެއްގެ ގަދަރު ޢިލްމުގެ މައްޗަށް މިނެކިރާ އެއްޗެކެވެ.
އެއްވެސް ޝައްކެތްނެތި މި ޙީލަތް ތެރިންނަކީ ކައްޒާބު ދޮގުވެރިން ކަމުގައި ދޭދޭ ފަރުދުން ތެރޭ ކަނޑައެޅެންޖެހެއެވެ. އެއީ އެވެރިންނަށް އިތުބާރު ވެވުމުން ދުރުކޮށް އެގޮތުގައި ބާރުއެޅުމަށެވެ.“
" مجلة المنار " ( 3 / 569 )
އަލްޤާޟި ޢިޔާޟު - رحمه الله - "އަލްއިލްމާޢު" 135 ގައި ވިދާޅުވި އެވެ: އަހަރެމެން ގާތު އަބޫ ޢަލިއްޔުއް ޞަދަފީ - رحمه الله - ވިދާޅުވިއެވެ:
އަހަރެމެންގެ ޝެއިޚު އަބޫ މުޙައްމަދުއް ތަމީމިއްޔުލް ޙަންބަލީ ވިދާޅުވީތީ އަހަރެން އަޑު އެހީމެވެ (އަދި މިއީ އެޒަމާނުގެ ޙަންބަލީންގެ އިމާމެވެ.) :
”އަހަރެމެން ފުށުން ކަލޭމެން ފައިދާތައް ލިބިގަނެ، ދެން އަހަރެމެންގެ ނަންގަނެ އެހެނަސް އަހަރެމެންގެ މައްޗަށް ރަހުމަތް ލެއްވުމަށް ދުޢާ ނުކުރާނަމަ، ފަހެ ކަލޭމެންނަށް ހުތުރުކަން ހުއްޓެވެ. (ލައްވާށިއެވެ).“
[يقبح بكم أن تستفيدوا منا ثم تذكرونا فلا تترحموا علينا]
އެހެންކަމުން ތަރައްޙަމް (އެބަހީ: ރަޙުމަތް ލެއްވުން އެދި ދުޢާ) ނުކުރާތާ، ޛިކުރު ވެސް ނުކުރާނަމަ، މިކަމުގެ މުޑުދާރުކަން ފަހެ ކޮބައިހެއްޔެވެ؟
ޭ(މުޙައްމަދު ޢަބްދުލްކަރީމް މުޙައްމަދު ވިދާޅުވިއެވެ)
”އަދި މިއީ އަހަރެމެންގެ ދީނުގެ ގޮބަޅީގެ ތެރެއިން ވާކަމެކެވެ. الله تبارك وتعالى ޢަޒީޒު ވަންތަ ފޮތުގައި ވަޙީ ކުރެއްވިއެވެ :
{هَلْ جَزَاء الْإِحْسَانِ إِلَّا الْإِحْسَانُ }الرحمن60
”އިޙްސާންތެރި ކަމުގެ ބަދަލަކީ އިޙްސާން ތެރިކަން ފިޔަވައި ފަހެ ކޯޗެއްހެއްޔެވެ؟“
އަދި ރަސޫލު ﷲ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ:
« مَنْ لاَ يَشْكُرِ النَّاسَ لاَ يَشْكُرِ اللَّهَ »
”މީސްތަކުންނަށް ޝުކުރުވެރި ނުވާ މީހާ ﷲ އަށް ޝުކުރުވެރި ނުވެއެވެ.“
(رواه الإمام أ حمد والترمذي والضياء والحاكم بإسناد صحيح )“
Comments (0)
Be the first to comment.