މިފޮތް ❞ الصَارِمُ المَسْلُولُ عَلى شَاتِمِ الرَسُولِ — صَلَى الله ُ عَلِيْه ِ وعَلَى آله ِ وسَلَّمَ ❝ ޝައިޚުލް އިސްލާމް، އިބްނު ތައިމިއްޔާ…
This article is available in Dhivehi only.
މިފޮތް ❞ الصَارِمُ المَسْلُولُ عَلى شَاتِمِ الرَسُولِ — صَلَى الله ُ عَلِيْه ِ وعَلَى آله ِ وسَلَّمَ ❝ ޝައިޚުލް އިސްލާމް، އިބްނު ތައިމިއްޔާ رضي الله عنه ލިޔުއްވުމާއި ބެހޭ ޙާދިޘާ:
🔻🔻🔻
އަލްޙާފިޠު އިބްނު ކަޘީރު رحمه الله تعالى ”އަލްބިދާޔަތި ވައްނިހާޔަތި“ ގައި (ހިޖުރައިން) 693 ވަނަ އަހަރު ގެ ދަށުން ވިދާޅުވިއެވެ:
ޢައްސާފުއް ނަޞްރާނީ ގެ ވާހަކަ:
މި މީހާ އަކީ (ޝާމް ކަރައިގެ) އައްސުވައިދާއު ގެ މީހެކެވެ. އަދި މީނާ ނަބިއްޔާ ﷺ އަށް ބަދުބަސް ބުނިކަމަށް މީސްތަކުންގެ ބައިގަނޑެއް ހެކިވިއެވެ. މި ޢައްސާފު ހުރީ، އާލު ޢަލީ ގެ އާމީރު ކަމުގައިވާ އިބްނު އަޙްމަދު ބުނު ޙައްޖީ ގެ ރައްކައުތެރި ކަމުގައެވެ. އެހެންކަމުން އައްޝައިޚް ތަޤިއްޔުއްދީނު ބުނު ތައިމިއްޔާ އާއި ދާރުލް ޙަދީޘްގެ ޝައިޚް، އައްޝައިޚް ޒައިނުއްދީނުލް ފާރިޤީ އިޖުތިމާޢުވެލައްވައި، ރަސްގެފާނުންގެ ނައިބު، އަލްއަމީރު ޢިއްޒުއްދީން އައިބަކުލް ހުމަވީ ގާތަށް ވަޑައިގެންނެވިއެވެ. އެދެބޭކަލުން އެކަމާއި ވާހަކާދެއްކެވުމުން އެއަށް ޢިޖާބަދެއްވިއެވެ. އަދި އެކާލޭގެ ހޯދުމަށް މީހުން ފޮނުވިއެވެ. ދެން މިދެޝައިޚުން އެ ދަރުބާރުން ނިކުމެވަޑައިގެންނެވި އިރު، މީސްތަކުންގެ ތެރެއިން ބޮޑުބައިގަނޑެއް އެބޭކަލުންނާއި އެކު އެއްވެއްޖެއެވެ. އަދި އެދަނޑިވަޅުގައި ޢަރަބީންގެ ތެރެއިން މީހަކާއި އެކު މި (ނަޞާރާ) ޢައްސާފު ހިނގާފައި ދާތަން މި މީސްގަނޑަށް ފެނުނެވެ. އެހިނދު މީސްތަކުން އެ (ޢަރަބިންގެ) މީހާއަށް އެއްޗެހިގޮވައި ބަދުބަސް ގޮވާންފެށިއެވެ. އަދި މިބަދަވީ ރައްދުގައި ބުނެފިއެވެ: ”ކަލޭމެންނަށް ވުރެ އޭނާ — އެ ނަޞާރާ ކަލޭގެ — ހެޔޮވެގެންވެއެވެ!“ އެހިސާބުން މީސްތަކުން އޮށްގަލުން އެދެވެންނަށް ޙަމަލާ ދިނެވެ. އަދި ޢައްސާފު ޒަޚަމްވެއްޖެއެވެ. އަދި ބޮޑު ހަމަނުޖެހުމެއް ހިނގިއެވެ. އެހެންކަމުން، ރަސްގެފާނުގެ ނައިބު، ބަޔަކުފޮނުވައި މި ދެޝައިޚުން — އިބްނު ތައިމިއްޔާ އާއި އަލްފާރިޤީ — ޙާޟިރުކުރައްވައިފިއެވެ. އަދި އެދެބޭކަލުންނަށް ހައްމުށިން އަދަބުދެއްވައި ”އަލްޢަޛަރަވިއްޔާ“ ޖަލުގައި ބަންދުކުރައްވައިފިއެވެ. މިއަށްފަހު މިނަޞާރާ ކަލޭގެ އައިސް އަމާންދީފިއެވެ. މިހެންކަމުން މަޖިލިސް ކުރެވި، އޭނާ އާއި ހެކިވެރިންނާއި ދެމެދު ޢަދާވާތްތެރިކަމެއް އޮތްކަމަށް އޭނާ ޘާބިތުކުރުމުން، އޭނާގެ ލޭ އޮހޮރުވުން މަނާކޮށް ދޫކޮށްލިއެވެ. އަދި ދެޝައިޚުން ޙާޟިރުކޮށް އެދެބޭކަލުންނަށް ހިތްރުއްސަވައި ހައްޔަރުން ދޫކުރައްވައިފިއެވެ. މީގެ ފަހުން މި ނަޞާރާ (ޝާމްކަރައިން) ޙިޖާޒުކަރައަށް ބަދަލުވެއްޖެއެވެ. އަދި އިއްތިފާޤުން ކަންހިނގި ގޮތަކީ، ރަސޫލު ﷲ ﷺ ގެ މަދީނާގެ ގާތުގައި މިކަލޭގެ ޤަތުލު ކުރެވުމެވެ. އޭނާ ޤަތުލު ކުޅައީ އޭނާގެ ބޭބެގެ ދަރިއެވެ. އަދި އައްޝައިޚް ތަޤިއްޔުއްދީން، އިބްނު ތައިމިއްޔާ رحمه الله މި ޙާދިޘާގެ މައްޗަށް ”އައްޞާރިމުލް މަސްލޫލް ޢަލާ ސާއްބައް ރަސޫލް“ މިފޮތް ލިއުއްވިއެވެ.“
(البداية والنهاية، لابن كثير، 13/ 355 )
އަދި މި ނަޞާރާ ކަލޭގެއަށް ރައްކާތެރިކަން ދިން އަމީރު އާއި ބެހޭ ގޮތުން އިބްނު ކަޘީރު، އެކަލޭގެފާނުގެ ދައުރުގެ ތާރީޚުގެ ދަށުން ލިޔުއްވިއެވެ:
”އަދި މިއަހަރުގައި —ރަބީޢުލް އައްވަލުގެ ނިމުމުގައި — ރަސޫލު އަށް ބަދުބަސް ބުނި މިނަޞާރާ ކަލޭގެ އަށް ރައްކައުތެރިކަން ދިން، ޢިސާފު ބުނު އަޙްމަދު ބުނު ޙައްޖީ، ޤަތުލުވި ކަމުގެ ޚަބަރު ލިބުނެވެ. އަދި މީސްތަކުން މިކަމާއި އުފާ ފާޅުކުރިއެވެ.“
(البداية والنهاية، لابن كثير، 13/401)
~ ގަލަންދާނު
Comments (0)
Be the first to comment.