ސަމާލު: މުވައްކިލު ނޫނީ ޒަކާތް ބަހައިދޭން ހަވާލުކުރާ ފަރާތް ނޫނީ ޖަމްޢިއްޔާއިން، ޒަކާތް ނެރެން ފަރުޟު ވަޤުތަށްވުރެ ފަސްކޮށްފިނަމަ އޭނާގެ…
This article is available in Dhivehi only.
➋
ނ.
ސަމާލު: މުވައްކިލު ނޫނީ ޒަކާތް ބަހައިދޭން ހަވާލުކުރާ ފަރާތް ނޫނީ ޖަމްޢިއްޔާއިން، ޒަކާތް ނެރެން ފަރުޟު ވަޤުތަށްވުރެ ފަސްކޮށްފިނަމަ އޭނާގެ ޒަކާތް ބާޠިލުވީއެވެ. މިކަމުގައި އިސްތިސްނާ ވަނީ އެންމެ ޙާލަތެއްގައެވެ:
އެއީ، ޒަކާތް ޙަވާލު ކުރެވޭ މުވައްކިލަކީ، ފަޤީރުންގެ ވެސް މުޥައްކިލަށް ވުމެވެ. އެބަހީ: އެޖަމްޢިއްޔާ އަކީ، ފަޤީރުން ނަންނޯޓު ކުރެވި، އެބައިމީހުން ފަރާތުން ޒަކާތް ލިބިގަތުމަށް އައްޔަން ވެފައިވާ ބަޔެއް ކަމުގައި ވުމެވެ. މިޙާލަތުގައި، ޒަކާތް އެޖަމްޢިއްޔާ އާއި ހަވާލުވުމުން، ފަޤީރުން އައްޔަން ކުރި މަންދޫބު އާއި އެ ޙަވާލުވެވުނީއެވެ. އެހިސާބުން ޒަކާތް އެވަނީ އަދާއުކުރެވިފައެވެ. އެއީ އެތަކެތި، ފަޤީރުންގެ އަތަށް ފަހުން އެރިޔަސް އެވެ.
މިޝަރުޠު ނެތް ނަމަ، އެޒަކާތް އޭގެ ޙައްޤުވެރިންނާއި ހަމައަށް ފޯރުމާއި ހަމައަށް އޭނާގެ ބޮލުން އެކަމުގެ ވާޖިބު ކެނޑިގެން ނުދެއެވެ.
އުރުދުނުގެ ދާރުލް އިފްތާ ގެ ފަތުވާ އެއްގައި ވެއެވެ: "ދެންފަހެ ވަކީލުވެވޭ މީހާ، (ޒަކާތް) އޭގެ ޙައްޤުވެރިންނަށް ބެހުން ލަސްކޮށް، ޢީދު ދުވަހުގެ އިރު އޮއްސިއްޖެނަމަ، އުރެދި ފާފަ ޙައްޤުވެއްޖެއެވެ. އަދި ތަޥްބާ އާއި އިސްތިޣްފާރުކުރުން އޭނާގެ މައްޗަށް ނިޔާކަނޑައެޅެއެވެ. އެހެނީ ޢީދު ދުވަސް ނިމުމުގެ ކުރިން އޭގެ ޙައްޤުވެރިންނަށް ފިޠުރު ޒަކާތް ނުދެވިއްޖެ ނަމަ، އެނެރޭ މީހާ ގެ ޒިންމާ އަދައުއެއް ނުވިއެވެ. މިއީ އޭނާގެ އަމިއްލަ އަތުން ނުނެރުނެއް ކަމަކުއެވެ. (އެބަހީ: ވަކީލަކާއި ހަވާލުކުރިޔަސް، އަސްލުވެރި ފަރާތުގެ ވާޖިބު ކެނޑިނުދެއެވެ.) އެއީ ކަނޑައެޅިފައިވާ ވަޤުތުގެ ތެރޭ އޭގެ ޙައްޤުވެރިން އަތަށް ނުފޯރުމެވެ. އަދި ފާފަވަވަނީ، އގެ ތެރެއިން ލަސް ވުމުގެ ސަބަބަކަށް ވީ ފަރާތުގެ ބޮލުގައެވެ."
މިހެންކަމުން، އޭގެ ޙައްޤުވެރީންނަށް ނުފޯރާކަން، ޒަކާތުގެ ވެރިފަރާތަށް އެނގިއްޖެނަމަ، ވީ އެންމެ އަވަހަކަށް އެކަން އޭނާ ޚުދު އަދާއު ކުރަން ޖެހެއެވެ. އެހެނީ މުވައްކިލަކީ އޭނާގެ ފަރާތުން އައްޔަނުވެވޭ ނައިބެއް ކަމުންނެވެ.
އަލްބުހޫތީ "ކައްޝާފުލް ޤިނާޢު" 2/ 268 ގައި ވިދާޅުވިއެވެ: "އަދި މުޥައްކިލުގެ އަތްމަތީ އެމީހެއް (ޒަކާތަށް) ނެރުނު ތަކެތި، އެއަދާއު ވުމުގެ ކުރިން، ހަލާކުވެއްޖެ ނަމަ، އެ އަދާ ކުރުމުގެ ޒިންމާ ވަނީ ހަމަ މުދަލުގެ ވެރިޔާގެ ބޮލުގައެވެ. އެހެނީ އޭނާގެ މައްޗަށް އަމުރުވެވިގެންވާ ކަންތައް (އަމިއްލަ ޒަކާތް އޭގެ ޙައްޤުވެރިންނަށް ފޯރުކޮށްދިނުން) އަދައު ވެފައި ނެތުމުންމެވެ. އަދި މުވައްކިލުގެ އަތަކީ، އޭނާ އައްޔަން ކުރި ފަރާތުގެ އަތް ފަދައިން ވުމެވެ."
ރ.
ޒަކާތް ބަހައިދޭ މުވައްކިލުންގެ ސަމާލު ކަމަށް
އަދި ޒަކާތް ބަހައިދިނުމަށް މީހަކު އޭނާގެ ޚާދިމެއް ނޫނީ މުޥައްކިލެއް އައްޔަންކޮށްފިނަމަ، އޭނާ އަށް "ޢާމިލުންގެ ޙިއްޞާ" އެއް ނުވެއެވެ. އެހެނީ އޭނާއަކީ ވެރިފަރާތުގެ ބަދަލުގައި ވާ އޭނާގެ އަތެވެ. މިއީ ބައެއް މީހުންނަށް އޮޅުން އަރާފައިވާ ނުކުތާއެކެވެ.
އެހެނަސް އެފަދަ މީހަކަށް ޒަކާތުގެ ބޭރުން ޞަދަޤާތެއް ނޫނީ އުޖޫރައެއް ދިނުމުގައި މައްސަލައެއް ނުވެއެވެ.
އައްނަޥަޥީ ވިދާޅުވިއެވެ: "އައްޝާފިޢީ އާއި ދަރިވަރުން ވިދާޅުވެތެވެ: "ޒަކާތް ބަހާ މީހަކީ އޭގެ ވެރިފަރާތް ނަމަ، ނުވަތަ އޭނާ އައްޔަނު ކުރާ މުވައްކިލު ނަމަ، ޢާމިލުންގެ ބައި އެއިން ކެނޑިގެންދެއެވެ. އަދި ވާޖިބުވެގެންވަނީ ބާކީ އޮތް ހަތް ބަޔަށް އެބެހުމެވެ." (އަލްމަޖްމޫޢު 6/165)
އަދި ޢާމިލުންގެ ހިއްސާގެ އަޞްލަކީ މުސްލިމުންގެ އިމާމު އެކަމަށްޓަކައި އައްޔަން ކުރާމީހުންގެ ޙައްޤެކެވެ. الله أعلم.
_____
މަޞްދަރުތައް
އިސްލާމް ސުވާލާއި ޖަވާބު ގެ 26415 ، 143842 ، 145861 ، 216651 ، 36512
ދާރުލް އިފްތާ، އުރުދުނުގެ ، 2949
Comments (0)
Be the first to comment.